އަލަތު ދަރިފުޅު ލިބުނުތާ އެންމެ ދެ ހަފްތާ ފަހުން، އުމުރުން 25 އަހަރުގެ ޒުވާން އަންހެނަކު ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ނިއާވެއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ދަރުވަމަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިއާވެފައި ވަނީ ފ. ނިލަންދޫ އަށް އުފަން ސަމީއާ އަހުމަދު އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ރަށުގައި ހުއްޓާ ކަމަށް ވެސް އެނގިފައިވެ އެވެ.
އެ ރަށުގައި ހުއްޓާ ހާލު ސީރިއަސް ވެގެން މާލެ ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ސަމީއާ މިއަދު ނިއާވެފައި ވަނީ އަލަތު ދަރިފުޅު ލިބުނުތާ އަށް ދުވަސް ފަހުންނެވެ. ދަރިފުޅު ނެގީ ސިޒޭރިއަން ހަދައިގެންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި ފުރަތަމަ މާބަނޑު މީހާ ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށް 15 ދުވަހު ވެންޓިލޭޓަރުގައި ވެސް ބޭއްވި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް މަރުވި އެންމެ ހަނގު ކުއްޖާގެ އުމުރަކީ 10 އަހަރެވެ.
ކޮވިޑް ބަލީގައި މިއަދު މަރުވި ދެ މީހުންނާ އެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 194 އަށް އަރާފަ އެވެ
އެއް ދުވަހު މަރުވި 2 ގައިދީންގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ބޭރަށް
ފިރިހެނުން ވެސް އަވަހަށް ނިދަން ޖެހެނީ މިހެންވެ!
ކެއުމުގައި ލޮނު ބޭނުން ކުރެވޭ މިންވަރަށް ސަމާލު ވާންޖެހޭ!
