ހޮލީވުޑްގެ މަގުބޫލް އެކްޝަން ފިލްމު "ފާސްޓް އެންޑު ފިއުރިއަސް"ގެ ސީރީސްތައް ނިމުމަކަށް އައިސްފައިވާ ކަމަށް މިފިލްމުގެ މުހިންމު ރޯލްއަކުން ފެނިގެންދާ ވިން ޑީސަލް ބުނެފި އެވެ.

ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ކުރިއަށްއޮތް ފާސްޓް އެންޑް ފިއުރިއަސްގެ ނުވަ ވަނަ ބަޔަށްފަހު ދެން ކުރިއަށް އޮށްނާނީ އޭގެ ފަހު ދެ ފިލްމު ކަމަށެވެ.

ދެހާސް އެއްވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މި ފިލްމުގެ ނުވަވަނަ ބައި ރިލީޒްކުރުން ކޮވިޑްގެ ސަބަބުން ލަސްކޮށްފައި ވީނަމަވެސް ޖޫން 25ގައި ސިނަމާއަށް އަންނާނެ ކަމަށް ވިންގެ އިންޓަވިއުގައި ވަނީ ބުނެފަ އެވެ.

އެ އިންޓަވިއުގައި ވިން އިތުރަށް ބުނީ ޔުނިވާސަލް ޕިކްޗާސްއިން މި ފިލްމުގެ ސީރީޒް ދެ ފިލްމަކުން ނިންމާލާއިރު 2023 އަދި 2024 ގައި ސިނަމާ އަށް އަންނާނެ ކަމަށެވެ

ހޮލީވުޑްގެ އިތުރުން ވެސް މުޅި ދުނިޔެގައި މަޝްހޫރު މިފިލްމް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު، ފަހުގެ ދެ ފިލްމު ވެސް ވަނީ އެއް ބިލިއަން ޑޮލަރުގެ ފަައިދާއެއް ހޯދާފަ އެވެ. މި ފިލްމަކީ ރާއްޖޭގެ ވެސް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލުމެކެވެ. ހާއްސަ ގޮތެއްގައި ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ފާސްޓް އެންޑް ފިއުރިއަސް ހިމެނެ އެވެ.