އިންޑިއާގެ ކޯރަކުން ކޮވިޑް ވައިރަސްގެ އަސަރު ފެނިއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ އަހުމަދީއާބާދުގެ ސުބަރުމަތީ ކޯރު އަދި ޗަންޑޯލާ އާއި ކަންކުރިކާގެ ލޭކްސްތަކުން ނެގި ފެނުގެ ސާންޕަލްތަކަކުން ނޮވެލް ކޮރޯނާ ވައިރަސްގެ އަސަރު ވަނީ ފެނިފަ އެވެ. މި ސާމްޕަލްތައް ނަގާފައި ވަނީ ގާންދީނަގަރު އެންޑް ޖަވާހިރުލާލް ނެހްރޫ ޔުނިވާސިޓީސް ސްކޫލް އޮފް އެންވަޔަރުމަންޓް ސައިންސްގެ އައިއައީޓީގެ ދިރާސާކުރާ ޓީމަކުނެވެ.
އެ ޓީމުގައި އިސްކޮށް އުޅޭ ޕްރޮފެސަރު މަނީޝް ކުމާރު މިކަމާ ގުޅިގެން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ކޯރުތަކުން ނަގާފައިވާ ފެނުގެ ސާޕަލުން ފެނިފައި ވަނީ ކޮވިޑް-19ގެ ނުރައްކާތެރި ވައިރަހެއް ކަމަށެވެ. އެހެން ކަމުން މިސާޕަލުތަކުގެ އިތުރު ދިރާސާތަކެއް ކުރަމުން އަންނަ ކަމަށް ވެސް ކުމާރު ވަނީ ބުނެފަ އެވެ.
އައިއައިޓީ ޓީމުން މިސާޕަލުތައް ނަގާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ދުވަސްތަކުގައި ކޮންމެ ދެ ހަފްތާއަކުން ސާޕަލު ނަގާފައިވާއިރު، ސުބަރުމަތީ ކޯރުން ވަނީ 694 ސާޕަލް ނަގާފަ އެވެ. އަދި ޗަންޑޯލާއިން 549 ސާމްޕަލް ނެގިއިރު ކަންކުރިކާއިން 402 ސާމްޕަލް ވަނީ ނަގައިފަ އެވެ.
އިންޑިއާގެ ހުރިހާ ކޯރުތަކުން ޝާޕަލް ނެގުމަށް ބޭނުންވާ ކަމަށް މި ޓީމުން ވަނީ ބުނެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ގަންގާ ކޯރުން މީގެ ދުވަސް ކޮޅެއް ކުރިން ނެގި މަރުވެފައިވާ މީހުން ހަށިގަނޑު ވެސް ކޮވިޑް-19ގެ ބަލި ވަނީ ފެނިފަ އެވެ. އެގޮތުން ގަންގާ ކޯރުން މަރުވެފައިވާ 100 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ނަގައިފަ އެވެ.
އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރިފައިވާއިރު އެ ގައުމުގައި ވަނި އާ ވޭރިއަންޓެއް ވެސް ވަނީ ފެނިފަ އެވެ.