ހޯމް މިނިސްޓަރަކަށް މިވަގުތު ހުންނެވީ ސަރުކާރުގެ އިސް މަގާމެއް އަދާކުރުމުގެ ތަޖުރިބާއެއް ލިބިފައި ނެތް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ. ފަހަކަށް އައިސް ރާއްޖޭގައި މަރުގެ މައްސަލަތާއި މަސްތުވާތަކެތީ މައްސަލަ އާއި ބޮޑެތި ޖިނާއީ ކުށްތައް އިތުރުވެގެންދާއިރު މިނިސްޓަރު އިމްރާން ހުންނެވީ ހަނު.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް އިތުރުވެފައިވާތީ އެކަން ހައްލުކުރެވޭ ވަރުގެ ހޯމް މިނިސްޓަރެއް އައްޔަން ކުރަންޖެހިފައިވާ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ރާއްޖެގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ އަދި އަމާންކަން ގެއްލިފައިވާތީ އެކަމާއި ގިނަ ބައެއްގެ ނުރުހުން ސަރުކާރަށާއީ ކަމާބެހޭ އިދާރާތަކަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ނޭޝަނަލް ޑްރަގް އެޖެންސީއަށް ފާޑުކިޔަމުންނެވެ.

ހޯމް މިނިސްޓަރަކަށް މިވަގުތު ހުންނެވީ ސަރުކާރުގެ އިސް މަގާމެއް އަދާކުރުމުގެ ތަޖުރިބާއެއް ލިބިފައި ނެތް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ މާލޭ މަގުތަކުގައި މަސްތުވާތަކެތި ގަނެވިއްކުން އާންމުވެ، ރައްޔިތުންގެ ޝަކުވާ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. ފަރުވާދޭ މަރުކަޒުތައް ހިންގޭނެ ފަރާތްތަކާއި ހަވާލުކޮށް ރަށުތެރޭގެ އަމާންކަން ބެލެހެއްޓޭ، ގާނޫނީ ޒިންމާ އުފުލޭވަރުގެ ހޯމް މިނިސްޓަރަކާއި ވުޒާރާ ހަވާލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާފި ފަހުން މާލޭގެ ބައެއް މިސްކިތްތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. އަދި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލަމުންދާކަން ފާހަގަ ކޮށްލެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމުން އަންނަ ތަނެއް ނުފެނެ އެވެ.