އިތުރު 233 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 31 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 157 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 45 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 73،327 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 4،075 ގައި މިހާރު ހުރިއިރު 69،031 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 29 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހަކު ވަނީ މަރުވެފަ އެވެ.
"ދަ ވެމްޕަޔާ ޑައިރީސް"ގެ ތަރި އިއާންގެ އާ ދިރިއުޅުން!
ނޯލަންގެ "ދަ އޮޑިސީ"އަށް ހޮލީވުޑްގެ ފެހި ސިގްނަލް!
ފަރާޖް، ޕާލިމެންޓުން އިސްތިއުފާދެއްވައިފި
