އަހަރުން އަހަރަށް ބައެއް ބޭފުޅުންނަށް ބަސްތަކުގެ މާނަ އޮޅޭ އެއްޗަކަށް މިހާރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ފަދަ ބޭފުޅުންނަށް ހޭޓް ސްޕީޗް، ފިތުނަ، ޑިޕްލޮމެސީ، ބައިނަލް އަގުވާމީ ޤާނޫނު، ހަރުކަށި ފިކުރު ފަދަ ބަސްބަހުގެ މާނަ މިއީ އަހަރުން އަރަށް ބަދަލުވާ އެއްޗަކަށް ވެފައިވާ ކަމަށެވެ. އެކި އަހަރު އެކި ގޮތަށް އެބަސްބަހުގެ މާނަކުރެވޭ ކަމުގައިވާ ނަމަ، އެމްޑީޕީން ގެނެސްދޭން އުޅޭ އިންސާފުގެ ދަތުރު އޮންނާނީ ކިހިނެއްކަން ރައްޔިތުން ވިސްނާލުން ރަނގަޅުކަމަށް ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވި އެވެ.
ސައީދު މިހެން ވިދާޅުވީ އިންޑިއާއާއި ގުޅޭގޮތުން ދައްކާ ފިތުނަވެރި، އަދި ބޭއަދަބީ ވާހަކަތައް ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެނެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެދިފަ އެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާ އާއި ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅޭ ގޮތުން އަޅުގަނޑުމެން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިއަދު އިންޑިއާގެ ދިފާއުގައި ނިކުންނެވިއިރު ރާއްޖޭއަށް ކަނޑައަޅުވާފައި ތިބޭ އެހެން ގައުމުތަކުގެ ސަފީރުންނާ އެންމެ ގިނައިން ސޯޝަލް މީޑިއާގައި އެންމެ ބޮޑެތި ތުހުމަތުތައް ކުރައްވާ އެއްބޭފުޅަކީ ރައީސް ނަޝީދު އެވެ.
އޭރު ރާއްޖެއަށް ސައޫދީން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މުހައްމަދު ޝަހީމަށް މަރުހަބާ ވިދާޅުވުމުން ސަޢޫދީން ރާއްޖޭގައި ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފަ އެވެ. އަދި ޗައިނާއިން ރާއްޖެއަށް ދިން އެހީއަކީ ދަރަނީގެ ދަންތުރައެއް ކަމަށާއި ޗައިނާއިން ލޯނުދީ އޭގެ ބަދަލުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކެއް އަތުލާފައިވާ ކަމަށް ވިދާޅުވެ އެއްފަހަރަށް ވުރެ ގިނަ ފަހަރު ރައީސް ނަޝީދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކި މުނާސަބަތުތަކުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި މިފަދަ މައްސަލަ ތަކުގައި ރައީސް ނަޝީދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ނުކުރެވޭ ހަފުތާއެއް މަދުކަން ފާހަގަ ކޮށްލެވެ އެވެ.
ބަސްތަކާއި ލޮރީތަކައް އޮޅެނީ ވޭތުވެދިޔަ އަހަރުތަކުގައި އެއްމެ ގިނައިން ވައްކަންކޮށް ދެނަހުރި ކަމަށް ނަހަދާ ތިބި މީހުންނަށް