ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 13 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ 17 އަހަރުގެ ކުއްޖާގެ ބަންދަށް 13 އިތުރުކޮށްފައި ވަނީ ކުރިން ބަންދަން ޖެހި 15 ދުވަސް ހަމަވުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. ކުރި ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހައިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގަ އެވެ.

ކުޑަ ކުއްޖަކު ރަހީނުކޮށް މަރައިލި މައްސަލައިގައި އުމުރުން 27 އަހަރުގެ ފިރިހެނެއް ވެސް ހައްޔަރުކުރި އެވެ. އެ މީހާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އުމުރުން 13 އަހަރުގެ އެ ކުއްޖާ މަރައިލައިފައި އޮއްވާ ފެނިފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުންނެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު ކުއްޖާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފަ އެވެ