މަޝްހޫރު ސަައިންސްވެރިޔާ ސާ އިސާކް ނިއުޓަން 1،700 ގެ އަހަރުތަކުގައި އިނގިރޭސިބަހުން ލިޔެފައިވާ "މެތަމެޓިކްސް ޕްރިންސިޕަަލްސް އޮފް ނެޗުރަލް ފިލޯސޮފީ" ކިޔާ ފޮތެއްގެ ފުރަތަމަ އެޑިޝަން 22،000 ޔޫރޯއަށް ވިކިއްޖެ އެވެ.
އާންމުކޮށް ނުފެންނަ މި ފޮތް ފެނިފައި ވަނީ ލޮކްޑައުންގެ ތެރޭގައި ސައުތު ވޭލްސްގެ ގެއެއްގެ ފޮތް ބަހައްޓާ ހަރުގަނޑެއް ސާފުކުރަމުން ދަނިކޮށެވެ.
މި ފޮތް ނީލަމުގައި ވިއްކާލި ފަރާތް ކަމަށްވާ ކްރިސް އަލްބަރީ ބުނި ގޮތުުގައި މިއީ މިހާތަނަށް އިނގިރޭސިބަހުން ލިޔެފައިވާ ސައިންސްގެ އެންމެ މުހިއްމު މަސައްކަތް ކަން އެނގުމުން "ގޮނޑިން ނުވެއްޓުނީ" ކިިރިޔާ ކަމަށެވެ.
"މިއީ މި ފޮތުގެ ދުނިިޔޭގައި އޮތް އެންމެ ރަނގަޅު ކޮޕީއެއް ނޫން. އެކަމަކު މި ފޮތް އެއްކޮށް ފުރިހަމަ،" އޭނާ ބުންޏެވެ.
މި ފޮތް ވިއްކާލާފައިވަނީ ނިއުޔޯކް މީހަކަށެވެ.
ނިއުޓަންގެ "މެތަމެޓިކްސް ޕްރިންސިޕަަލްސް އޮފް ނެޗުރަލް ފިލޯސޮފީ" އަކީ ސައިންސްގެ ތާރީހުގައި ވެސް ލިޔެވިފައިވާ އެންމެ މޮޅު މަސައްކަތް ކަމަށް ވަނީ ސިފަކުރެވިފަ އެވެ.
ހޫތީން ސައުދީ އަރަބިއްޔާއަށް މިސައިލް ހަމަލާތަކެއް ދީފި
އެއް ބިލިއަންގެ އާމްދަނީއެއް ހޯދި ފުރަތަމަ ބައޮޕިކްއަކީ މައިކަލް!
އޭއައި އާއި ސޯޝަލް މީޑިއާއިން ސިއްހީ ލަފާ ހޯދުމަކީ ގޯހެއް!
