ޑާކް ޗޮކްލެޓަކީ ޗޮކްލެޓަށް ލޯބިކުރާ މީހުންގެ މެދުގައި ވެސް އެހާ މަގުބޫލު އެއްޗެއް ނޫނެވެ. ދޭ ހިތި ރަހައިގެ ސަބަބުން ޑާކް ޗޮކްލެޓް ކެއުމަށް ގިނަ ބަޔަކު ނޫނެކޭ ބުނެ އެވެ.
ނަމަވެސް ހިތި ރަހަދޭ މި ކެއުމަކީ ސިއްހަތަށް ކިހާ ފައިދާހުރި އެއްޗެއްކަން އެނގެނީ މަދު ބަޔަކަށެވެ. އެއިން ލިިބޭ ފައިދާތައް އެނގިހުރެ އެއްވެސް މީހަކު އެކެއުން ދޫކޮށް ނުލާނެކަން ޔަގީނެވެ.
އެތައް ގިނަ މައުދަންތަކެއް ލިބޭ
ޑާކް ޗޮކްލެޓަކީ އޭގައި ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އެގޮތުން 100 ގްރާމްގެ ޗޮކްލެޓެއްގައި 11 ގްރާމް ފައިބާ އާއި 67 ޕަސެންޓް ދަގަނޑުގެ ބައި ހިމެނެ އެވެ. މީގެ އިތުރުން އެއީ ޕޮޓޭސިއަމްއާއި ފޮސްފޮރަސް ވެސް ލިބިދޭ ކެއުމެކެވެ.
ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ
ޑާކް ޗޮކްލެޓްގައި ހިމެނޭ ފްލެވޮނޯލްސްގެ ސަބަބުން ހިތުގެ ނާރުތަކުގައި ލޭ ދައުރުވުން ރަނގަޅު ކޮށްދެ އެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގެ ލޭގެ ޕްރެޝަރު ކޮންޓްރޯލްވެ ލޭގެ ހިނގުން ރަނގަޅުވުމެވެ.
ހިތުގެ ބަލިތަކުން ދުރުކޮށްދޭ
ޑާކް ޗޮކްލެޓަކީ އޭގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ކޮލެސްޓްރޯލް އެއްވަރެއްގައި ހިފަހައްޓައިދޭ އެއްޗަކަށް ވާތީ ގަވާއިދުން އެ ކާނަމަ ސްޓްރޯކް އަދި ހާޓްއެޓޭކް ފަދަ ފުރާނައަށް ނުރައްކާވާ ހިތުގެ ސިއްހީ ހާލަތްތަކުން ދުރުކޮށްދެ އެވެ.
ޑާކް ޗޮކްލެޓަކީ ސިއްހަތަށް މިހާ ފައިދާހުރި އެއްޗަކަށް ވީއިރު ހަމައެކަނި ރަހައިގެ ސަބަބުން ނުކައި ދޫކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ. ދެންވެސް ޑާކް ޗޮކްލެޓެއް ލިބިއްޖެނަމަ އެއަށް ނޫނެކޭ ނުބުނާށެވެ.