ރާއްޖެއަށް އެންމެ ނުރައްކާ އޮތީ ސިޔާސީ ހަރުކަށި ވިސްނުމުގެ މީހުންގެ ފަރާތުން ކަމަށް މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުރިހާ ސަރުކާރެއް ވެސް ވެރިކަމަށް އަންނަނީ ހަރުކަށި ފިކުރުގެ މީހުންގެ އެހީތެރިކަމާއެކު ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަންވެސް ކުރައްވާ ސަލީމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރާއްޖެއަށް އެންމެ ނުރައްކާ ބޮޑީ ސިޔާސީ ގޮތުން ހަރުކަށި މީހުންގެ ފަރާތުން ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ވެރިކަން ހޯދުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮންފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދު އިންޑިއާ ނޫހަކަށް ދިން އިންޓަވިއުގައި ވިދާޅުވެފައިވަނީ ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ހަރުކަށި ފިކުރުގެ މީހުންގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގެ ތެރޭގައި ވެސް އަދި ދައުލަތެއް އެކުލެވޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު އަންނަނީ ރައީސް ސޯލިހާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުނެވެ. އަދި ރައީސް ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުން ވެސް ރައީސް ސޯލިހުގެ ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ. .
ޝާއިރު ކޮށްފަ ލިޔާނަމޭ ބުނާނެ އެކަމަކު ނުލިޔާނެ ވަރަށްސާފް
ސިޔާސީ ހަރުކަށި ފިކުރުގެ ކެނެރީގެ ބޯގޯސް މީހާ ފަރާތުން މިޤައުމު ހަލާކުވެގެންދަނީ. ސަލީމް ތިޔަވިދާޅު ވަނީ ހަމަ ރަނގަށް ވަރަށް ސާފް އިނގޭތޯ