މިދިޔަ މޭ ހަ ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް ބަޔާނަކަށް ވެސް އޮތީ ޖާނާ ހިތާއި މޭ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގާ ބޭހޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ މިހަމަލާއާ ގުޅިގެން އަދި ރައީސް ނަޝީދުގެ ބަޔާނެއް ލިބިފައިނުވާ ކަމަށެވެ.

ފުލުހުން ދެއްކި ވާހަކައަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ބަހަކީ ވެސް އަދި ބަޔާނަކަށް ވެސް ދައްކަން އޮތް އެއްޗަކީ އެމަނިކުފާނުގެ "ޖާނާއި ހިތާ މޭ" ކަމަށެވެ. އަދި މި ޓުވީޓްގައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ޓެގް ކުރައްވާފަ އެވެ.

"ޝާއިރު ވިދާޅުވިފަދައިން ހިތާމޭ ހިބައިން ލިޔެދިނީމާވެސް ނުވީ ނޫންތޯ؟"
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ރައީސް ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން ތައުރީފް ކުރަމުން އަންނައިރު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބައެއް ކަންކަމާއި ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ.

މިހަމަލާ ދިނުމުގައި ފަންޑު ކުރި މީހުންނެތް ކަމަށް ފުލުހުން ބުނާއިރު އެވާހަކަތައް ގަބޫލުނުކުރައްވާ ކަމަށް އެމެމްބަރުން އަންނީ ބުނަމުންނެވެ.