ހއ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހަކު ޕޮޒިޓިވްވެ، އެރަށް އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ދިއްދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ މިއީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައި ތިން ވަނަ ފަހަރު ކަމަށެވެ. މިފަހަރު މޮނިޓަރިންގެ ހާލަތަށް ގެނައީ ހއ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ އިންޑިއާ ނަރުހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.
އެކަމާ ގުޅިގެން ކޮންޓެކްޓްޓްރޭސިން ހެދުމުގެ މަސައްކަތް ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.
މީގެކުރިން ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނުނު އެރަށުން މި ބަލީގައި ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ ބިދޭސީއަކާއި ދިވެއްސެކެވެ.
ދިއްދޫގެ އިތުރުން އިތުރު 13 ރަށެއް މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ކޮރެއާ ބަލިކޮށް ސައުތު އެފްރިކާ ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރަކަށް އީޒްއެޕް
