ދުބާއީގެ ފިނިހޫނުމިން 50 ޑިގްރީއަށް މަތިވެފައި ވަނިކޮށް އެ ގައުމުގެ ސެންޓާ އޮފް މީޓިއޮރޮލޮޖީއިން މިވަނީ މުޅިން އާ ޓެކްނޮލޮޖީއެއް ތައާރަފުކޮށްފަ އެވެ.
ހޫނު މޫސުމުގެ ހޫނުގަދަވެ އެކަމުގެ ހައްލެއްގެ ގޮތުގައި އެ ސެންޓަރުން ތައާރަފްކުރީ ކްލައުޑް ސީޑިންގް ނަމަކަށް ކިޔާ ވާރޭ ވެހުމަށް މަގުފަހި ކުރުވާ ޓެކްނޮލޮޖީއެކެވެ.
ކްލައުޑް ސީޑިންގްގެ ދަށުން ޑްރޯން ބޭނުންކޮށްގެން ވިލާތަކަށް ފެން ޖަހަ އެވެ. މިފެން ވިލާތަކަށް ބަރުވެ ވާރޭ ވެހެ އެވެ.
ޑްރޯންތަކުން ފޮނުވާ ފެނަކީ ލޮނު އެކުލެވޭ ފެނެއް ނަމަވެސް އެފެން ވިލާތަކަށް ޖެހުމުން ވާރޭ ވެހުމުގެ ގުދުރަތީ ސައިކަލް ފެށި ފެން ރީތިވެގެން ވާރޭ ވެހެން ފަށަ އެވެ.
މީޓިއޮރޮލޮޖީ ސެންޓަރުގެ ރަސްމީ ޓުވިޓާ އެކައުންޓްގައި މި ޓެކްނޮލޮޖީ މަސައްކަތްކުރާ ގޮތުގެ ވީޑިއޯއެއް ވަނީ އާއްމުކޮށްފަ އެވެ.
މި ޓެކްނޮލޮޖީގެ ކާމިޔާބުކަން އަދި ޔަގީންވެފައި ނުވާއިރު ސައިންސްވެރިން އަންނަނީ މި ޓެކްނޮލޮޖީއާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން މި ޓެކްނޮލޮޖީގައި ބޭނުން ކުރެވޭ ފެނަކީ އެސިޑް އެކުލެވޭ ފެނެއް ކަމަށާއި އެކަމުގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ސައިންސްވެރިން އިންޒާރުދެ އެވެ. އެއާއެކު މާ ގިނައިން ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ހިނގާފާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
މި ނޫނަސް ކްލައުޑް ސީޑިންގްގެ ސަބަބުން ކުރިމަތި ވެދާނެ ތިމާވެށީގެ ގިނަ މައްސަލަތަކެއް މާހިރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެމެރިކާ އާއި އީރާނުގެ ހަމަލާތަކާއެކު ބޮޑު ހަނގުރާމައެއްގެ ބިރު
"މެއިނޭ ޕްޔާރް ކިޔާ"އަށްފަހު ސަލްމާނަށް ފިލްމެއް ނުލިބުނީ ކީއްވެ؟
ހުން އަންނަ ކޮންމެ ފަހަރަކު އެންޓި ބައޮޓިކްސް ބޭނުން ނުކުރާތި!
ޥާރެވެހޭނެ އެއްނޫން ވާރެ ވެއްސުވަން