ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހުގެ ނުރަސްމީ ދަތުރުފުޅު ނިންމާވާލެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަންވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. މި ދަތުރުފުޅުގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވާ ކަމެއް ރައީސް އޮފީހުން ވިދާޅެއް ނުވެ އެވެ.
މި ފަހަރުގެ ބޮޑު އީދާއި މިނިވަން ދުވަހާ ދިމާކޮށް ލިބުނު ޗުއްޓީގައި ހދ. ތިން ރަށަކަށް ރައީސްގެ ދެކަނބަލުން ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.
އަދި އޭގެ ފަހުން މިއީ އީދު ބަންދާއި، މިނިވަން ދުވަހުގެ ބަންދުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ނުރަސްމީ ދެވަނަ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ ދެކަނބަލުން ވަނީ މިމަހުގެ 20 ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ވެސް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފަ އެވެ.

ހުޅަނގުން ރަމަޟާން މަސް ބަލައިގަތް ގޮތްތަކަށް ނަޒަރެއް!
އަބުބާރު ގްރޫޕްގެ މައްސަލަ ފުލުހުން ބަލަނީ
ހަނގުރާމައިގެ ސަބަބުން ދިމާވާނެ ދަތިތައް ބުނެދޭން ޖެހޭ: ސޯލިހު
