ބުރަ މަސައްކަތުން ހޯދާ ފައިސާއަކީ ކޮންމެ މީހަކު ވެސް އެ މީހެއްގެ ބޭނުންތައް ފުއްދުމަށްޓަކައި ހޯދާ ފައިސާ އެވެ. ލިބޭ އާމްދަނީން ޒަރޫރީ ބޭނުންތައް ފުއްދުމަށްފަހު ބާކީވާ ބަޔަކީ އެ މީހެއްގެ އަމިއްލަ ކަންކަމުގައި ހޭދަކޮށްލެވޭ ބައެކެވެ.
ނަމަވެސް މި ބާކީވާ ބައި ހޭދަކުރެވެނީ ރަނގަޅަށްތޯ ވިސްނާލުން ރަނގަޅެވެ. މި ފައިސާއިން ދެމެހެއްޓެނިވި ފައިދާއެއް ލިބިދާނެތޯ އެއީ ކުރެވޭ ސުވާލެކެވެ.
ޒަރޫރީ ބޭނުންތަކަށް ފަހު އަތުގައި ހުންނަ ފައިސާ އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.
ދިގު މުއްދަތުގެ ހަނދާންތައް އެއްކުރުން
އާމްދަނީ ވަގުތީ އުފާ ލިބޭ ކަންކަމަށް ނުވަތަ އެއްޗެއްސަށް ހޭދަކުރުމުގެ ބަދަލުގައި އުމުރު ދުވަހަށް ހަނދާން ހުންނާނެ ކަންކަމުގައި ހޭދަކުރާށެވެ. އޭގެ ތެރޭގައި އާ ތަޖުރިބާއެއް ކޮށްލުމާއި އާ ތަނަކަށް ދަތުރުކުރުން ހިމެނެ އެވެ.
ސަދަގާތް ކުރުން
މުދަލުން ސަދަގާތްކުރުމަކީ މުދަލުގައި ބަރަކާތް ލައްވާ ކަމެއްކަން އަހަރުމެންނަށް އެނގެ އެވެ. ދީނުގައި ބާރުއަޅުއްވާފައިވާ ކަމެއްގެ އިތުރުން ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީވުމަކީ އަމިއްލަ ނަފްސަށް އުފާ ލިބި ނަފްސާނީ ދުޔަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ.
ދެމެހެއްޓެނިވި އާމްދަނީއަކަށް އިންވެސްޓް ކުރުން
މިވަގުތު ލިބޭ އާމްދަނީއިން ކުރިމަގަށް ވިސްނައި މުސްތަގުބަލުގައި ލިބޭ އާމްދަނީ އިތުރު ކުރުމަށް ހޭދަކުރެވިދާނެ އެވެ. އެގޮތުން ކުންފުންޏެއްގެ ހިއްސާ ގަތުން ފަދަ ކަންކަމަކީ ދެމެހެއްޓެނިވި އާމްދަނީއަކަށް މަގު ހުޅުވޭނެ ކަމެކެވެ.
އެންމެ ފަސޭހައިން އިންވެސްޓް ކުރެވެން އޮތީ ސޭވިން އެކައުންޓެއްގައި، އެކަމަކު ކުރިން އަހަރަކަށް ފައިދާގެ ގޮތުގައި ދެމުންއައި %2.5ރ މިހާރު %1.8 ބީ.އެމް.އެލް ވަނީ ކުޑަ ކޮށްފައި މިވަރުން ކޮންކަމެއް ކުރެވޭނީ އަހަރެމެންނަށް!!!!!