ޔޮންގްޔެންގް (03 އޮގަސްޓް) - އުތުރު ކޮރެއާގެ ހަރުކަށި ރައީސް ކިމް ޖޮންގް އުންގްގެ ސިއްހަތާ މެދު އަނެއްކާ ވެސް ސުވާލު އުފެދިއްޖެ އެވެ.

ކިމްގެ ސިއްހަތާ މެދު ނޫސްތަކުން އަނެއްކާ ސުވާލު އުފައްދާފައި މިވަނީ އެންމެ ފަހުން ކިމް ފެނުނު އާއްމު ފެނިލުންތަކުގައި ބޮލުގެ ފުރަގަހުގައި ބެންޑޭޖެއް އަޅާފައި ހުރުމުންނެވެ.

ޖުލައި 24 ން 27 އަށް ކުރިއަށް ދިޔަ އެ ގައުމުގެ އަސްކަރިއްޔާގެ އިވެންޓެއްގައި ކިމް ބައިވެރިވިއިރު ބެންޑޭޖް ފެންނަން ހުއްޓެވެ. އޭގެ ފަހުން އާއްމުވި ފޮޓޯތަކެއްގައި ބެންޑޭޖް ނައްޓާލި ނަމަވެސް ފެހި ކުލައިގެ ނިޝާނެއް ހުއްޓެވެ.

ކިމްގެ ސިއްހަތަކީ އުތުރު ކޮރެއާގައި އެންމެ ބޮޑަށް ބަހުސް ކުރެވޭ އަދު އެ ގައުމަށް ފާރަވެރިވާ ޖާސޫސުން އެންމެ ބޮޑަށް ދިރާސާކުރާ އެއް ކަމެވެ. ނަމަވެސް އޭނާގެ ސިއްހަތަކީ ވަރަށް ސިއްރު ކުރެވިގެން ސަރުކާރުން ބަލަހައްޓާކަމެކެވެ.

ކިމްގެ ޕްރޮޕެގެންޑާ ފަތުރާ ފަރާތްތަކުން ބުނާގޮތުގައި ރައްޔިތުންގެ ކަންކަމުގައި ކިމް އުޅުއްވާލެއް ބުރަކަމުން އަމިއްލަ ސިއްހަތާމެދު އިހުމާލު ވެވެނީ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް