ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމާ ގުޅޭ ދެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މެޖިސްޓްރޭޓް އަހްމަދު އަކްރަމް އޭނާ ހުކުމް ކުރެއްވި މައްސަލައެއްގައި، ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓް ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލުގެނެސް ބައެއް ނުކުތާ އިތުރުކުރިކަމަށް ބުނާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި ފުވައްމުލަކު ކޯޓުގެ ދެ ގަޒިއްޔާއެއް ބެލުމުން އޭނާ ތަނާޒުލްވެފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ހިއްސާކުރުމަށްފަހުކަމަށް ބެލެވޭ މައްސަލައެއް ވެސް ހުށަހެޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެޖިސްޓްރޭޓް އަހްމަދު އަކްރަމްގެ މައްސަލަ ބަލަން ނިންމިއިރު، މިހާރު ވެސް އެ ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ހުންނެވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޝަނުގައެވެ.

މީގެއިތުރުން ސ. މީދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތޮއްޔިބާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ބަލަން ވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް އާ ގުޅިގެން ހުށަހެޅުނު ދެ މައްސަލަ ކަމަށެވެ.

އެއީ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން މައްސަލައިގައި ގޮތެއް ނިންމެވުމުގައި ގާނޫނާ ހިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބެލެވޭ މައްސަލައެކެވެ.

މެޖިސްޓްރޭޓް އަހްމަދު އަކްރަމް އާ ދެކޮޅަށް ހުށަހަޅާފައި ވަނީ އޭނާ ހުކުމް ކުރެއްވި މައްސަލައެއްގައި، ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓް ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލުގެނެސް ބައެއް ނުކުތާ އިތުރުކުރިކަމަށް ބުނާ މައްސަލަ އަކާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޒިއްޔާއެއް ބެލުމުން އޭނާ ތަނާޒުލްވެފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ހިއްސާކުރުމަށްފަހުކަމަށް ބެލެވޭ މައްސަލަ އެކެވެ.