ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލީ އެ ކުންފުނީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ. އެގޮތުން މިއަދު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ސޮއިކުރުން އެހެން ދުވަހަކަށް ލަސްކުރެވިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ ހިޔާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީޚެއް، އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށްފަހު އިއުލާނު ކުރާނެ ކަމަށެވެ.
މިދިޔަ މަހުގެ ސާދަ ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނައިރު ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓްގެ ފިނިޝިން މަސައްކަތް ކުރަން ފެށޭނީ ފްލެޓަށް ކަރަންޓް ލިބުމުނެވެ.
ވަރުގަދަ ޝަހްސިއްޔަތެއް ބޭނުންނަމަ މިކަންކަމަށް ސަމާލުވޭ!
ނުނިދިގެން ތިއުޅެނީ އެކަނިވެރިކަމުގެ ސަބަބުން ކަމަށް ވެދާނެ!
ޝާހްރުކް ޚާންއަކީ ކާކުތޯ އެހުމުން ވިވެކް ހޫނު ފެނަށް!

ފްލެޓްގެ ޕެޓިޝަން މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް
900 މީހުން ފްލެޓް ބަދަލުކުރަން އެދިއްޖެ
ފިނިޝިންނަށް މުއްދަތު އަދިވެސް އިތުރެއް ނުކުރޭ
ކޮންމެވެސް ގޭސް ގަނޑެއް އަނބުރަނީ. ހުރިހާ ކަމެއް އެޗްޕީއޭ ބޮލުގައި. ކޮވިޑް އެއީ ސިޔާސީ ހަތިޔާރެއް!