ޔޫއޭއީގެ ދުބާއީން ފުރައިގެން މިދިޔަ ހުކުރު ދުވަހު މާލެއައި އެމިރޭޓްސްގެ މަތިންދާބޯޓެއް ޖައްސަން ތިރިކުރުމަށްފަހު، ކުއްލިއަކަށް މައްޗަށް އަރައިގެން ދިޔަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.
އޭވިއޭޓާސް މޯލްޑިވްސް އިން ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވާ 24 ސިކުންތުގެ އެ ވީޑިއޯއިން ފެންނަނީ އެމިރޭޓްސްގެ ބޮއިން 300-777 މަރުކާގެ ބޯޓެއް ރަންވޭގައި ޖައްސަން ތިރިކުރުމަށްފަހު ކުއްލިއަކަށް މައްޗަށް އަރައިގެންދާ ތަނެކެވެ. ނުވަތަ ގޯ އެރައުންޑެއް ހެދި ތަނެވެ.
އަލިމަނިކު ކިޔާ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ސަރަހައްދުގައި ހުރެ ނަގާފައިވާ އެ ވީޑިއޯގައި ބޯޓު ޖައްސަން ދަނިކޮށް ބޯޓުގެ ކަނާތްފަރާތު ފުރޮޅު ރަންވޭގައި ޖެހިފައި ކުއްލިއަށް އަރައިގެންދާ ތަނެވެ. ރާއްޖޭގައި މީގެ ކުރިން މިފަދަ ގޯރައުންޑެއް ހެދި ވީޑިއޯއެއް އާއްމުވެފައެއް ނުވެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ބޯޓު ޖައްސަން ތިރިކުރުމަށްފަހު، ކެޕްޓަން ގޯ އެރައުންޑެއް ހެދީ ޖައްސަން ރަންވޭގައި އެކަށީގެންވާ ޖާގަ ނެތިގެން ކަމަށް ބުނެ އެވެ. އެ ބޯޓު ޖައްސަން ތިރިކޮށްފައި ވަނީ ރަންވޭގެ މެދަކާ ހިސާބުންކަން އެ ވީޑިއޯއިން ފެނެ އެވެ.
އެ ވަގުތަކީ އުޑުމަތި ސާފު، އަލިގަދަ ވަގުތެއްކަން ވީޑިއޯއިން އެނގެ އެވެ.
އެ ދުވަހު ހެނދުނު 7:38 ގައި ޖައްސަން އޮތް އެ ފްލައިޓް ގޯ އެރައުންޑް ހެދުމަށްފަހު އަލުން ޖެއްސީ 7:51 ގަ އެވެ.
މަޖިލިސް މެމްބަރުން ކަސްތޮޅު އެޅުވި މައްސަލާގެ ހުކުމް ބުދަ ދުވަހު
ލަންކާގައި 1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައިގެންފި
ރަޝިޔާއިން އީރާނަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފި