ސޮނީ ޓީވީގެ މަޤްބޫލް ރިއަލިޓީ ޝޯވް "އިންޑިއަން އައިޑޮލް" ސީޒަން 12 ޕަވަންދީޕް ރާޖަން ކާމިޔާބުކޮށްފި އެވެ.

މިފަހަރުގެ ސީޒަން އަކީ މިހާތަނަށް އެންމެ ގިނަ ދުވަހަށް ކުރިއަށް ގެންދިޔަ "އިންޑިއަން އައިޑޮލް" އެވެ. އަދި މިއީ އެންމެ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި ސީޒަނެވެ.

ފައިނަލްގައި ވާދަކުރާ ހަ ބައިވެރިންނާއެކު "އިންޑިއަން އައިޑޮލް" ސީޒަން 12 ފައިނަލް އެޕިސޯޓް ކުރިއަށް ގެންގޮސްފައި ވަނީ 12 ގައިއިރު ވަންދެންނެވެ. މިއީ އެންމެ ދިގު ކޮށް ފައިނަލް ޝޯގެ އެޕިސޯޓެއް ކުރިއަށްދިޔަ ފަހަރު އެވެ.

https://www.youtube.com/watch?v=zPFi0Xxnsv8

"އިންޑިއަން އައިޑޮލް" ސީޒަން 12 ޕަވަންދީޕް ކާމިޔާބު ކުރިއިރު ރަނަ-އަޕް ލިބުނީ އަރުނީތާ އާއި ސަޔާލީ އަށެވެ.

"އިންޑިއަން އައިޑޮލް" ސީޒަން 12 ރަނަރ-އަޕް ލިބުނު އަރުނީތާ އާއި ސަޔާލީ

މި ޝޯގައި އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ވެސް ބައިވެރިވި އެވެ. އަދި މީގެ އިތުރުން ކުޅަދާނަ ލަވަކިޔުންތެރިން ކަމަށްވާ އުދިތު ނާރާޔަން އާއި ކުމާރު ސާނޫ އަދި އަލްކާ ޔަގްނީކުގެ އިތުރުން ޖާވިދު ޢަލީ ވެސް ބައިވެރިވި އެވެ.

"އިންޑިއަން އައިޑޮލް" ސީޒަން 11 ކާމިޔާބު ކުރީ ސަނީ ހިންދުސްތާނީ އެވެ.