ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީސް މިއަހަރުގެ ތެރޭގައި ތިން ވަނަ ފަހަރަށް ފަޅާލައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އާރުޑީސީގެ އޮފީސް ފަޅާލި މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން ފުލުހުން މިވަގުތު އަންނަނީ ސީންގައި ހަރަކާތްތެރިވަމުން ކަމަށެވެ.
އޮފީސް ފަޅާލައިގެން އެތަނުން އެއްޗެއް ގެންގޮސްފައިވާ ކަމެއް އަދި މި ކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މޯލްޑިވްސް ޝިޕިންގް ލިމިޓެޑުގެ އިމާރާތުގައި ހިންގާ އާރްޑީސީގެ އޮފީހަށް މި އަހަރު އޭޕްރިލް މަހު ވެސް ބަޔަކު ވަދެ 100،000 ރުފިޔާ ވަގަށް ނެގި އެވެ. އޭގެ ހަފްތާއެއް ފަހުން އަނެއްކާ ވެސް އެ އޮފީސް ފަޅާލައި 3000 ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ.
އޭރު ހިނގި ވައްކަންތަކާ ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އެނގިފައެއް ނުވެ އެވެ.
ކުށް ސާބިތު ނުވަނީސް މުދާ ނެގޭނީ ހައިކޯޓް މެދުވެރިކޮށް: ފަޒާދު
"ވަލިއްޔުލްއަމްރަކީ އަލައްބާރުތޯ ސުވާލުކުރާ ހިސާބަށް ހިނގައްޖެ"
ނުނިމި ގިނަ ދުވަސްވެފައިވާ ރިސޯޓުތައް އަންނަ ހަފްތާގައި އަތުލަނީ
