ކޮރޯނާވައިހުގެ އިމިއުނިޓީ އެތައް މަހެއް ވަންދެން ދެމިހުންނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި ކޮވިޑް-19 ޖެހިފައި ރަނގަޅުވާ ގިނަ މީހުން ވަކި މުއްދަތެއް ވަންދެން އަލުން އެ ބަލި ޖެހުމުން ރައްކާތެރިވާނެ އެވެ.
އެއް ދިރާސާއިން ދައްކާގޮތުގައި މި ބަލި ޖެހޭ ބައެއް މީހުންގެ ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް އިން މަދުވެގެން ފަހެއް ނުވަތަ ހަތް މަސް ދުވަހަށް އެ ވައިރަހުން ރައްކާތެރިވާނެ ކަމަށެވެ.
"އަހަރެމެންގެ ތެރޭގައި އެބަހުރި ހަތް މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބަލި ނުޖެހި ހުރި މީހެއް. އޭގެ އިތުރުން ބައެއް މީހުން އެބަތިބި ފަހަކާއި ހަތް މަސްދުވަހާއި ދެމެދު ބަލި ނުޖެހި،" އެރިޒޯނާ ކޮލެޖް އޮފް މެޑިސިންގެ އިމިއުނޮލޮޖިސްޓެއް ކަމަށްވާ ދީޕްތާ ބަޓަޗާރިއާ ވިދާޅުވި އެވެ.
"އަހަރެމެން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ސްޓޭބަލްކޮށް ނިއުޓްރަލައިޒިން އެންޓިބޮޑީސް އުފައްދަނީ ބަލި ޖެހޭތާ ގާތްގަނޑަށް ފަހެއް ނުވަތަ ހަތް މަސް ދުވަސް ފަހުން،" ޖާނަލް އިމިއުނިޓީގައި ބަޓަޗާރިއާގެ ޓިމުން ޝާއިއުކުރި ރިޕޯޓުގައި ވެ އެވެ.
ކަރަންޓުގައި ޖެހުނު މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ފިހިފައި
ކެއުންތަކުގެ ފައިދާ ހަށިގަނޑަށް ކުރަނީ ތަފާތު ވަގުތުތަކުގައި!
ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ
