ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 24 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ 24 މީހުން ޕޮޒިޓިވްވީ 1572 ސާމްޕަލް ޓެސްޓް ކުރުމުން ކަމަށެވެ. މިއީ މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެ ހުރިހާ ކޭސްތައް ވެސް ފެނިފައި ވަނީ މާލެއިންނެވެ.

މިހާރު ކޮވިޑް އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 1138 އެވެ. އަދި މިވަގުތު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ 43 މީހަކަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 36 ވަނަ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 11،178 އެވެ. އަދި 10،097 މީހަކު ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

ކޮވިޑް ޖެހިގެން މިހާރު އެޑްމިޓްކޮށްގެން ފަރުވާދެނީ 43 މީހަކަށެވެ. އަދި އަތޮޅުތެރޭގެ އެއްވެސް ފެސިލިޓީއެއްގައި ކޮވިޑް ޖެހިގެން މީހަކަށް ފަރުވާއެއްނުދެ އެވެ.