ސިނަމާލެ ބްރިޖްގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދައް ގިނަ ކުރިއެރުންތަކެއް ލިބިގެން ދިޔަ ކަމަށާއި މިއީ އިންގިލާބީ ބޮޑު ބަދަލެއް ގެނައި ތަރައްގީގެ މަޝްރޫއު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސިނަމާލެ ބްރިޖަށް ތިން އަހަރު ފުރުމާ ގުޅިގެން އެ ބްރިޖުގެ މަސައްކަތް ކުރީގެ ސަރުކާރުން ކުރިއަށްގެން ދިޔައިރު ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ބްރިޖަކީ ރާއްޖެއަށް ފެނުނު އެންމެ ބޮޑު އިންގިލާބީ ބަދަލު ގެނުވި އެންމެ މުހިއްމު ތަރައްގީގެ މަޝްރޫއު ކަމަށެވެ. އަދި މާލެ ސަރައްހަދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ބުރިޖުގެ ބޭނުން ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން މާލެ ސަރަހައްދުގެ އިޖުތިމާއީ އަދި އިގްތިސާދީ ހަރަކާތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބްރިޖުގެ ސަބަބުން މާލެ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިފައިވޭ،" ޕީޕީއެމްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެ ބްރިޖަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެނައި އެންމެ ބޮޑު އަދި މުހިންމު ކުރިއެރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރިޖް ހުޅުވުމަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ހާއްސަ ޝުކުރެއް އަދާކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލެ ބުރިޖުގެ މަސައްކަތް ނިންމައި ބްރިޖް ހުޅުވާފައި ވަނީ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 30 ވަނަ ދުވަހުގައި އެ ކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މާލޭ މަގުތަކުގައި ރީދޫ ކުލަލުންތޯ މުހިންމީ ނުވަތަ މަގުގެ އަޑިގުޑަން ފިލުވާ ރަގަޅުވުންތޯ ބޮޑަށް ރަގަޅީ ދުއްވާ މީހުނަށް ؟
ތި ބުރިޖުވީ ބޮޑު ތަކުލީފަކަށް. ކުރިއެރުމަކަށް ނުވި. ދަވާދުލާފަ ދަވާދުލާހާވަނީ... މިޒަމާނަކަށް ނުފެތޭ.. އަގު އެހާ ބޮޑު. ބުރިޖު ހަލީފާޔަށް ވުރެ އަގު ބޮޑު... ޓެންޕަރަރީ ބުރިޖު ނަގަން ވެސް. އެތައް ބައިވަރު ޑޮލަރެއް ހަރަދުކުރަން ޖެހުނު. ކޮބާތި ވިދުޅުވާ ކުރިއެރުމަކީ. އަޅެ ކިޔާދީބަލަ ....