މިދިޔަ އޮގަސްޓް މަހު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް "ދަ ނައުޓިލަސް މޯލްޑިވްސް" ހިމެނިއްޖެ އެވެ.

ރިސޯޓް ވޯކާސް ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވާ ގޮތުން މިދިޔަ މަހު ނައުޓިލަސް މޯލްޑިވްސް އިން ކޮންމެ މުވައްޒަފަކަށް ވަނީ ސާވިސް ޗާޖްގެ ގޮތުގައި 1،623 ޑޮލަރު ( 25،026.66ރ) ދީފަ އެވެ.

ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ލަގްޒަރީ ރިސޯޓް "ދަ ނައުޓިލަސް މޯލްޑިވްސް" ހުޅުވާފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ދަ ރިޒް ނަރޓަން މޯލްޑިވްސް

ދެ ވަނަ އަށް މިދިޔަ މަހު އެންމެ ގިނަ ސާވިސް ޗާޖް ދީފައި ވަނީ މިދިޔަ ޖޫން މަހު މާލެ އަތޮޅުގައި ހުޅުވި "ދަ ރިޒް ކަލްޓަން މޯލްޑިވްސް" ރިސޯޓުންނެވެ. އެގޮތުން އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1،352.10 (20،849.38ރ.) ޑޮލަރު ސާވިސް ޗާޖް ގޮތުގައި މުވައްޒަފަކަށް ދީފައިވެ އެވެ.

މިދިޔަ މަހު 1،000 ޑޮލަރުން މަތިން ސާވިސް ޗާޖް ދީފައިވަނީ އެންމެ ދެ ރިސޯޓުންނެވެ. އެއީ އެ ދެ ރިސޯޓުންނެވެ.

މި ރިސޯޓުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ދިން އަދަދުތައް ވެސް ވަނީ އާއްމު ކޮށްފަ އެވެ.

ސާވިސް ޗާޖު ނަގައި އެ ބެހުމަކީ މިހާރު ގާނޫނީ ގޮތުން ލާޒިމް ވެސް ކަމަކެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިހަ ޕަސެންޓެވެ.