ފެންވަރައިގެން ރީތި ވެލާއިރު ލޮލުގައި އަޅައިގަންނަނީ މޫނުގައި ޖަހާފައި ހުރި ބިއްސެކެވެ. ބޭރަށް ދާން ލަދުގަންނަ ވަރަށް ބިހީގެ ފާޅުކަން ބޮޑެވެ. ނަތީޖާއަކަށް ވަނީ އެދުވަހަށް ހުރި ރޭވުންތައް ކެންސަލްކޮށް ގޭގައި މަޑު ކުރުމެވެ. މިއީ އަހަރުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ.
މިކަހަލަ ކަމެއް ދިމާއެވެއްޖެ ނަމަ ރޭވުންތައް ކެންސަލް ނުކޮށް ކުރިއަށް ދާނެ ވަރަށް ފަސޭހަ ގޮތް ހުރެ އެވެ. މިކަމަށް އޮތް އަވަސް ހައްލަކީ މޭކްއަޕް އެވެ. އެގޮތުން މޫނުގައި ހުރި ބިހި ފިލުވުމަށް ބޭނުން ކުރެވިދާނެ ބައެއް އުކުޅުތަކަށް ބަލާލާނަމެވެ.
މޮއިސްޗަރައިޒާއެއް ބޭނުން ކުރުން
މޫނުގައި ޖަހާ ބިހި ފޮރުވުމަށް އެންމެ ފަސޭހަ ގޮތަކީ މޮއިސްޗަރައިޒާއެއް ބޭނުންކުރުމެވެ. އެގޮތުން ޓިންޓަޑް މޮއިސްޗަރައިޒާއެއް ބިހީގައި އުނގުޅާލުމުން ބިހި ފޮރުވޭނެ އެވެ.
އައިސް ބޭނުން ކުރުން
ބިއްސެއްގައި އައިސް ބޭނުން ކުރުމުން ބިހި އަވަހަށް ހިނދި އޭގެ ރަތްކަން ފިލުވާލާނެ ކަމެކެވެ. އެހެން ކަމުން މޫނުގައި ހުރި ބިއްސަށް އަވަސް ހައްލެއް ބޭނުން ނަމަ އައިސް ކިއުބެއް އެތަނުގައި އުނގުޅާލާށެވެ.
ކޮންސީލާއެއް ބޭނުން ކުރުން
ކޮންސީލާ އަކީ ހަންގަނޑުގައި ހުންނަ އައިބުތައް ފިލުވާލުމަށް މޭކަޕު ކުރުމުގައި ގެންގުޅޭ އެއްޗެކެވެ. އެހެން ކަމުން މޫނުގައި ހުރި ބިއްސެއް ފޮރުވާލުމަށް ވެސް ކޮންސީލާ ބޭނުން ކުރެވިދާނެ އެވެ.