މި އަހަރު "މިމީ" އާއި "ރޫހީ" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކްސް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާފައިވާ ލޯބީގެ ފިލްމު "ޝިއްދަތު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ކުނާލް ދޭޝްމުކްގެ އާ ފިލްމު "ޝިއްދަތު" ރިލީޒް ކުރުމަށް ނިންމާފައި ވަނީ ޑިޒްނީ ޕްލަސް ހޮސްޓާއިންނެވެ.

https://www.instagram.com/p/CTwAEDBF66H/

އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު "ޝިއްދަތު" ރިލީޒް ކުރުމަށް ނިންމާފައިވާއިރު މި ފިލްމުން ފެނިގެންދާނީ ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި ރާދިކާ މަދަން އާއި ޑަޔާނާ ޕެންޓީގެ އިތުރުން މޯހިތު ރައިނާ އެވެ.

https://www.youtube.com/watch?v=x60tMH7Pz9s

"ޖަންނަތް" އާއި "ތުމް މިލޭ" ފަދަ މަޝްހޫރުވި ފިލްމުތައް ކުރިން ކުނާލް ގެނެސްދީފައިވާ އިރު ބެލުންތެރިން އުންމީދު ކުރަނީ "ޝިއްދަތު" ވެސް އެހާމެ ރީތިވާނެ ކަމަށެވެ.