އދގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު ނަސާރާ ދީނުގެ ފައްޅިއެއްގައި ބޭއްވި އަޅުކަމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ވަނީ ފަށާފައި.

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ނަސާރާ ދީނުގެ ފައްޅިއެއްގައި ބޭއްވި އަޅުކަމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށް އެކަމާ ނުރުހުންފާޅުކޮށް ވާހަކަ ދައްކަން ފަށައިފި އެވެ.

ޝާހިދު ބައިވެރިވި ރަސްމިއްޔާތަކީ އދ.ގެ އާންމު މަޖިލީސް އާ ދައުރަކަށް ފެށުމާއި ގުޅިގެން، ވަޓިކަން ސިޓީން ކަނޑައަޅާފައިވާ މިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި އަޅުކަމުގެ ރަސްމިއްޔާތެކެވެ. މިރަސްމިއްޔާތުގެ ފޮޓޯތައް ހޯލީ ސީގެ ޓުވިޓާ އެކަންޓުން ވަނީ އާއްމުކޮށްފަ އެވެ. މިފޮޓޯތަކުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ބައިވެރިވި ތަން ފެންނަން އެބަހުއްޓެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު އޭގެ ތެރޭގައި އިލްމީ ބޭފުޅުން ވެސް ހިމެނެ އެވެ. އެގޮތުން ގިނަ ބަޔަކު ވަނީ މިއީ ޝިރުކުގެ އަމަލެއްގައި ބައިވެރިވުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުރީގެ ނަިއބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައިވަނީ މުސްލިމުންނަށް މާތްﷲ ފިޔަވައި އެހެން ބަޔަކު ރުއްސަން ނުޖެހޭނެ ކަމަށެވެ. އަދި ޝާހިދު ނަސާރާއިންގެ ފައްޅިއެއްގައި އޮތް އެ ދީނުގެ އަަޅުކަމެއްގައި ބައިވެރިވެވަޑައިގަތުމަކީ ދިވެހިން ލަދުގަންނަވައިލި ކަމެއް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

ދީނީ ޢިލްމުވެރިއަކު ހުރިހާއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ދައުލަތުގެ ވަޒީރަކު ހުންނަވަނީ އިސްލާމްދީން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް މާތްﷲ ގަންދީ ހުވާ ކޮށްގެން ކަމަށާއި މިފަދަ ކަމެއްކައި ބައިވެރިވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވީވެސް އިސްލާމްދީނާއި އިސްލާމީ އަގީދާއާއި ފުށުައަރާ ކަމަކުން ކަމަށް ބުނެ ޓުވިޓާގައި ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.