ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިއާވެއްޖެ އެވެ.

މިއަދު ރާއްޖެއިން ކޮވިޑް ބަލީގައި ނިއާވެފައި ވަނީ ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 89 ދިވެހި ފިރިހެނެކެވެ.

މިއީ މިހާތަނަށް ތިނަދޫން މި ބަލީގައި ނިއާވި ހަތަރު ވަނަ މީހާ އެވެ.

މިއަދު ނިއާވި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިއާވި މީހުންގެ އަދަދު ވަނީ 228 އަށް އަރާފަ އެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ނިއާވި މީހުންގެ ތެރޭގައި ހިމެނެނީ 211 ދިވެހިންނާ 17 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން މިދިޔަ މެއި މަހަކީ ރާއްޖޭގައި އެއް މަހެއްގައި އެންމެ ގިނަ މީހުން ނިއާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ނިއާވެފައިވެ އެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިއާވި ދުވަހެވެ. އެ ދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިއާވެފަ އެވެ.