ހުޅުމާލޭގައި ހުންނަ "ފިޔަވަތި"ގައި ތިބޭ ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުދިން ކަންކަންކުރާ ގޮތް ބެލުމަށް މީހުން އެއްވުމަކީ އެ ކުދިން އިތުރަށް ޓްރިގާވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
"ފިޔަވަތި"ގައި އިއްޔެއިން ފެށިގެން އެތަނުގައި އުޅޭ ބައެއް ކުދިން އެތަނުގެ ފުރާޅަށް އަރައި، އެއިމާރާތުގެ ބައެއް ކުޑަދޮރިތައް ހަލަކުކޮށްލާ، އެތަނުގައި އަލިފާނުގެ ހާދިސާއެއްވެސް ވަނީ ރޭ ހިނގާފަ އެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ޖެންޑާ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފިޔަވަތީގައި ހިނގާ ކަންކަމުގެ ހަގީގަތް ހޯދުމަށް އާންމުން ބޭނުންވާނެކަން އެ އިދާރާއިން ޤަބޫލުކުރާ ކަމަށެވެ. ނަމަވެސް އެތަނަށް އެއްވެ ކުދިންގެ ފޮޓޯއާއި ވީޑިޔޯ ނަގައި ކުދިން އުޅޭނޫޅޭ ގޮތް ބެލުމަކީ އެކުދިން އިތުރަށް ޓްރިގާވާނެ ކަމެއް ކަމަށެވެ.
އަދި އެ ސާވިސްއިން އެދިފައި ވަނީ އެ ސާވިސްގެ ވާޖިބު އަދާކުރުމަށާއި އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކުން އެހީތެރިވުމަށާއި ކެތްތެރިކަން އިސްކުރުމަށެވެ.
ފިޔަވަތީގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އެ ސާވިސްއިން ބުނެފައިވަނީ، އެ ތަނުގައި ތިބި ބައެއް ކުދިންގެ ކިބައިން ފެންނަ ކަންކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއާއި އެ ސާވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި މިހާރު ވެސް މިނިސްޓްރީއާއި އެ ސާވިސްގެ މުވައްޒަފުން، ފިޔަވަތީގައި ތިބި ކުދިންނާއި އެތަނުގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެ ސާވިސްއިން އިތުރަށް ޔަޤީންކޮށްދިން ގޮތުގައި ރޭ ހިނގި ހާދިސާގައި ޝާމިލުވި ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅެވެ.
އަނެއްކޮޅުން "ފިޔަވަތި" ގެ ހާލަތު މިވަރަށް ގޯސްވީ މީގެ ކުރީން އެ ތަނުން ކުދީން ރޯއަޑު އިވުނުތާ ދުވަސްކޮޅެއް ފަހުންނެވެ. އަނިޔާގެ ވޭނުގައި ކުދީން ރޯއަޑު އިވޭތީ އާންމުވެސް އެ ތަނަކަށް އެއްވެފައިވަނިކޮށެވެ. އެ ފަހަރުވެސް މޮޅު ވާހަކައެއް ދައްކާލައިގެން މައްސަލަ އޮއްބާލުން ފިޔަވައި މިނިސްޓްރީއިން އެއްވެސް ކަމެއް ނުކުރާކަން ފާހަގަ ކޮށްލެވެ އެވެ. މީގެ ކުރިން "ފިޔަވަތީ" އިން ފެނިގެން ނުދާ މަންޒަރުތަކެއް މިހާރު އެތަނުން ފެނިގެންދާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މިސަރުކާރުން މިކަހަލަ ކަންކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ވެސް ގިނަ ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.
އައިސައިދީއަށް ވެސް ހެޔޮ މުސާރަ ލިބިއްޖިއްޔާ!
ފިޔަވަތި މިނިސްޓަރު މިކަމަކައް ކުފޫހަމައެއްނިވޭ މިހާރުން މިހާރައް އިސްތިއުފާ ދޭންޖެހޭނެ ޖެންޑަ މިނިސްޓަރު ސިދާތާ ވަގުތުން އިސްތިއުދިން މިކަމަނާ ކީއްވެގެން އިސްތިއުފާ ނުދިނީ
ކުޑަކުދިންނޭ ކިޔައިގެން ހެޔޮދޯ ޖިނާޢީ ކުށުގެ ކިތަންމެ ކަމެއް ހިންގިޔަސް؟ ބުއްފުޅި ޖައްސާފައި ބައިތިއްބަންވީ ދޯ؟ އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތު ކުރަން އޮންނަނީ ކިހިނެއްތަ؟ ތިޔަ ކުދިބަޔަކު ދާ ސްކޫލްތަކުގައި ދެން ތިބިހާ ކުދިންގެ އަޚުލާޤަށް މިއަންނަ ނޭދެވޭ ބަދަލުގެ އިލްތިޒާމު އުފުލާނީ ޖެންޑާ މިނިސްޓަރުތަ؟ ޖުވެނައިލް ޖަސްޓިސްގެ ޤާނޫނު ކޮބައިތަ؟ ރައީސް މައުމޫނުގެ ޒަމާނުގަ ހެދި އިސްލާޙިއްޔާ މާރަނގަޅެއްނު؟
ކަމަނާ...... އެތަނުން ކުއްޖަޖު މަރުވާ ތަން ފެނުނީމާ ވެސް އެތަނާ ޢާއްމުން ކައިރި ނުވަންވީތޯ.؟ ތިދައްކާ ވާހަކައެއް ދެކޮޅެއް ނުޖެހޭ.ކުޑަ ކުދިންތަކެއް ފުރާޅަކަށް އަރައި އަލިފާން ރޯވެ ވީމާ ޢާއްމުން އެތަނާ ކައިރިނުވާށޭތޯ ތިކިޔަނީ....އިސްތިއުފާދީ.
އަޅެ ދެން ކީކޭ ބުނާނީ ޒިންމާ އަދާ ކުރަން ހުރި އެއް ސުޓޭޓު މިނިސްޓަރު ޝިހާބު ބުނީ އެއީ ސުކޫލުތައް ހުޅުވުނީމާ ވީގޮތެކޭ. ގަމާރު ދެކޮޅު ނުޖެހޭ ވާހަކަ ދެއްކީމާ ކީކޭ ބުނާނީ. އެއީ އެކުދިން ދުނިޔެއަށް އުފަން ވީމާ ވީގޮތެކޭ ބުނިނަމަ މާރަނގަޅުވީސް.
ޖެންޑަރ މިނިސްޓަރު ތިޔާއީ އައްޑޫ ކަނޑުކޮހެކޭ އޭނާ އިސްތިއުފާ ދޭންވީއޭ ތިޔާ ރާއްޖެތެރޭ މީހުން މިނިސްޓަރުންނަށް ތިބެންނާ އެމެން ކުށްވެރި ކުރާނީ ރައްޔިތުންނޭ އެއީ އެމެން ރަށުގައި ގަބުޅި ކަތީބުން ވެސް ކަން ކުރި ގޮތެއް ނޫންތޭ ޖެންޑަރ މިނިސްޓަރު އައިޝާ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ ތިޔާ މަގާމަށް ފުރަ މާލޭގައި އުޅޭ ހޭލުން ތެރި ބޭފުޅަކު އައްޔަން ކުރަންވީއޭ މާލޭގައި ނެތީއެއް ނޫނޭ ތިޔާ ކަން ތަމެންނަށް ވުރެން ރަނގަޅަށް ކުރެވޭނެ މަމެންނަށް ފުރުސަތު ނުދެނީއޭ ރާއްޖެެތެރޭ ރައީސަކު