ރާއްޖެއިން އިތުރު 162 މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5.195 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު، އޭގެ ތެރެއިން 162 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 49 މީހުންނާއި، އެކި ރަށްރަށުން 106 މީހުންނާއި ރިސޯޓުތަކުން ހަ މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންއާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 83،494 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ މީހުންނެވެ. މިހާތަނަށް 81،544 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 23 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 229 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.