ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހުށަހަޅައިދޭ އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 15 ވަނަ ސީޒަން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ކަލާޒް ޓީވީން ފަށާ ގޮތަށް ނިންމައިފި އެވެ.

ކަލާޒްގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް 15" ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު އެވެ.

"ބިގް ބޮސް 15" ޕްރޮމޯތައް ކަލާޒް ޓީވީއިން މިހާރު ދައްކަމުން އަންނައިރު މިސީޒަނާ ދިމާކޮށް ކަލާޒް އިން ވަނީ މިފަހަރު "ބިގް ބޮސް އޯޓީޓީ" ނަމުގައި އެ ޗެނަލްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓް އިން ޝޯއެއް ގެނެސްދީފަ އެވެ.

https://www.instagram.com/p/CUCprBpqHHT/

ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅައިދިން ޝޯ ގެނެސްދީފައިވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. "ބިގް ބޮސް އޯޓީޓީ" ކާމިޔާބުކުރީ ކުރިން ވެސް ރިއަލިޓީ ޝޯތަކުގައި ވާދަކޮށްފައިވާ ކާޟިޔާބުތަކެއް ހޯދަފައިވާ ޓީވީ ބަތަލާ ދިވްޔާ އަގަރްވާލް އެވެ.

https://www.instagram.com/p/CT-LiFHIebY/?utm_source=ig_embed&ig_rid=6cd31dec-e04f-4d3f-be5c-659df0d1adba

ބެލެވޭ ގޮތުގައި މި ފަހަރުގެ ސީޒަންގައި ބިގް ބޮސްގެ ރަސްމީ ގެއަށް ވަންނަން ބައިވެރިންނަށް މާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ސަބަބަކީ ޕްރޮމޯތަކުގައި ސަލްމާން ބުނަމުން އަންނަ ގޮތަށް ޖަންގަލި ތެރެއިން ދިމާވާ ކަންކަން އުނދަގޫ ކަންތައްތަކެއް ގިރާކުރަން ޖެހުމެވެ.

https://www.instagram.com/p/CTJOJQjlV-j/?utm_source=ig_embed&ig_rid=3d754608-dffe-46b0-be37-99da15677e06

"ބިގް ބޮސް" އަކީ އިންޑިއާގެ ސެލެބްރިޓީން ހާއްސަކޮށް، ޓީވީ އިންޑަސްޓްރީގެ ފަންނާނުން ބައިވެރިކޮށްގެން ގެނެސްދޭ ވަރަށް މަގުބޫލު ޝޯއެކެވެ. މިއީ އެއް ގެއެއްގައި ބައިވެރިން ހޭދަކުރާ ގޮތް ދައްކުވައިދޭ އެއްޗެކެވެ.

"ބިގް ބޮސް 14" މި އަހަރުގެ ފެބްރިއަރީގައި ނިންމައިލީ ޓީވީ ބަތަލާ ރުބީނާ ދިލައިކް ޝޯ ކާމިޔާބުކޮށްގެންނެވެ.