ރާއްޖެއިން އިތުރު 61 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު 84,164 އަށް އަރައިފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 3,674 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު، އޭގެ ތެރެއިން 61 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 29 މީހުންނާއި، އެކި ރަށްރަށުން 24 މީހުންނާއި ރިސޯޓުތަކުން އަށް މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 84،164 އަށް އަރާފަ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،612 މީހުންނެވެ. މިހާތަނަށް 82،309 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 16 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މިއަދާ ހަމައަށް 230 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.
ސަރުކާރުން ތަނެއް ނުދިނުމުން އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި
ޕާޓީތަކުން ސާބިތު ނުހިފޭ ވާހަކަތައް ނުދަކަން އީސީން އަންގައިފި
ނުލިބިހުރި ފައިސާގެ ތެރެއިން އޮގަސްޓް މަހު 497 މިލިއަން ރުފިޔާ!
