އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހުލް ވައިދްޔާ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 14" ގެ ބައިވެރިވެފައިވާ ރާހުލް ރާއްޖެ އައިސްފައި ވަނީ އޭނާގެ އަންހެނުން ޓީވީ ބަތަލާ ދިޝާ ޕަރްމާރާއެކު އެވެ.

ރާހޫލްގެ 34 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ރާއްޖެ އައިސްފައިވާއިރު، އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އަންނަނީ ރާއްޖޭގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

https://www.instagram.com/p/CUIq_fFhqhH/

ރާއްޖޭގައި ދެމަފިރިން ނަގާފައިވާ ފޮޓޮއަކާއެކު ދިޝާ ޝެއާ ކުރި ޕޯސްޓެއްގައި ރާހޫލް އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައިވެ އެވެ.

އިންޑިއަން އައިޑަލް ފުރަތަމަ ސީޒަންގެ ދެ ވަނަ އަށް ދިޔަ ލަވަކިޔުންތެރިޔާ ރާހޫލް އާއި ޓީވީ ބަތަލާ ދިޝާ ކައިވެނި ކުރީ މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.

https://www.instagram.com/p/CUKe4Omto6V/

ދިޝާ މިހާރު ކުޅެމުންދަނީ ސޮނި ޓީވީގެ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގެ ލީޑް ރޯލެވެ. ރާހޫލް ވަނީ "ބިގް ބޮސް"ގެ އެންމެ ފަހުން ދެއްކި ސީޒަންގައި ވެސް ބައިވެރިވެފަ އެވެ.

https://www.instagram.com/p/CUMOYn3BAms/

މީގެ އިތުރުން ރާހޫލް ވަނީ ކަލާޒްގެ ރިއަލިޓީ ޝޯ "ހަތުރޯންކީ ކިލާޅީ"ގައި ބައިވެރިވެ އެ ޝޯގެ ފައިނަލަށް ވެސް ދަތުރުކޮށް ފައިނަލްގައި ބަލިވެފަ އެވެ.