އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކުރިޔަށްދާއިރު އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ދެބައިވެފައި. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް އިންތިހާބުގައި ކެންޑިޑޭޓުންތަކެއް ވާދަކުރޭ. މިއީ އެ ޕާޓީގެ ހަޔާތުގައި ފެކްޝަންތަކެއް އުފެދި، އެންމެ ވާދަވެރިކޮށް ކުރިޔަށްދާ އެތެރޭގެ އިންތިހާބު.

ރާއްޖޭގެ ސިޔާސީ ތާރީހުގައި އެންމެ ދޮށީ ޕާޓީ އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކުރިޔަށްދާއިރު އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް އިންތިހާބުގައި ކެންޑިޑޭޓުންތަކެއް ވާދަކުރެ އެވެ.

މިއީ އެ ޕާޓީގެ ހަޔާތުގައި ފެކްޝަންތަކެއް އުފެދި، އެންމެ ވާދަވެރިކޮށް ކުރިޔަށްދާ އެތެރޭގެ އިންތިހާބެވެ.

މި އިންތިހާބަކީ ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެއް އިންތިހާބަށްވާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ 90،000 އަށްވުރެ ގިނަ މީހުން ހިމެނެ އެވެ. މިގޮތުން 97 ދާއިރާއަކަށް 730 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ.

މީގެ ތެރެއިން 87 ދާއިރާއެއްގެ ރައީސުންގެ މަގާމާއި، ހަ ޕްރޮވިންސް ރައީސުންގެ މަގާމު ހިމެނެ އެވެ. އަދި ހަތަރު ސިޓީއެއްގެ ރައީސުންގެ މަގާމަށް ވެސް ވޯޓުލުން މި އިންތިހާބުގައި ހިމެނެ އެވެ. އަދި މީގެ ތެރޭގައި އިންތިޚާބަކާ ނުލައި މިހާތަނަށް 165 ކެނޑިޑޭޓުން ހޮވިފައިވެ އެވެ.

އެމްޑީޕީގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި މާލެ ސިޓީގެ ރައީސް ކަމަށް ވާދަކުރާ ކުރީގެ މޭޔަރު ސިފާ މުހައްމަދާއި ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު ވޯޓުލާ މަރުކަޒަކަށް ވަޑައިގަންނަވަނީ. ފޮޓޯ: އެމްޑީޕީ

އަތޮޅުތެރޭގަ އާއި މާލެ ހިމަނައިގެން ޖުމްލަ 284 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށީގެ އަދަދަކީ 94 އެކެވެ. އަދި އަތޮޅު ތެރޭގައި 190 ފޮއްޓެއް ބަހައްޓާފައިވެ އެވެ.

މިގޮތުން ރާއްޖެތެރޭގެ އެކި ކަންކޮޅުތަކުގައި، މި ދާއިރާތަކަށް ވޯޓުލުން ފަށައި މިއަދުގެ ހެނދުނު 9:00 އިން ފެށިގެން ކުރިއަށްދާއިރު، މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 5:00އާ ހަމައަށެވެ.

އެމްޑީޕީގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި މެމްބަރަކު މިއަދު ވޯޓުލަނީ. ފޮޓޯ: އެމްޑީޕީ

އެހެންނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އިންތިހާބު ނުބާއްވައި ތ.ގުރައިދޫ ދާއިރާގެ ވޯޓުލުން ވަނީ ފަސްކޮށްފަ އެވެ. ކޮވިޑާ ގުޅިގެން އެ ރަށުގައި ދާއިރާތަކަށް ވޯޓުލުން މެދުކަނޑާލާފައިވީ ނަމަވެސް، އެ ދާއިރާގައި ވޯޓުލުން ކުރިއަށް ގެންދާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ