ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސަތިޔަމޭވް ޖަޔަތޭ 2" އަންނަ ނޮވެމްބަރު މަހުގެ 26 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
މީގެ ކުރިން "ސަތިޔަމޭވް ޖަޔަތޭ 2" ރިލީޒް ކުރުމަށް ނިންމާފައި ވަނީ މިއަހަރުގެ މޭ މަހު 13 ވަނަ ދުވަހު އެވެ. އެ ތާރީހުގައި ފިލްމު ރިލީޒް ނުކުރީ ކޮވިޑާ ގުޅިގެންނެވެ.
ޖޯންގެ "ސަތިޔަމޭވް ޖަޔޭތޭ 2" ރިލީޒް ކުރާ ތާރީހު އިއުލާނުކޮށްފައި ވަނީ މިފިލްމު އުފައްދާ ފަރާތުގެ ސޯޝަލް މީޑިއާ އެކުންޓްތަކުންނެވެ.
ސަތިޔަމޭވް ޖަޔަތޭ 2ގައި ޖޯންއާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ދިވްޔާ ކޯސްލާ ކުމާރު އެވެ. މި ފިލްމަކީ މިލަޕް ޒަވޭރީގެ ޑައިރެކްޝަނުގެ ދަށުން ޓީ ސީރީޒްގެ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތަކެވެ.
ޖޯންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 19 ގައި ސިނަމާތަކަށް ގެނައި "މުމްބާއީ ސާގާ" އެވެ.
ދިލްޖީތުގެ "ސަތުލުޖް"ގެ މައްސަލަ ގޯސްވެ "ބޭން" ކޮށްފި
އެމެރިކާއަށް ބެލްޖިއަމް ކައިރިން މޮޅެއް ނުވެވުނު
ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓްގެ ލަކީ ޑްރޯ ނެގުން ހުކުރު ދުވަހު
