ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ މަތީ ފަންތީގައި ހިމެނޭ އެއް ބްރޭންޑް "ޖޭޑަބްލިއު މެރިއޮޓް" ބްރޭންޑްގެ ދެވަނަ ރިސޯޓެއް ކ. އެނބޫދޫ ފަޅުގައި ހުޅުވަން ނިންމައިފި އެވެ.
މިއީ އެ ކުންފުނިން ރާއްޖޭގައި ހުޅުވާ އަށް ވަނަ ރިސޯޓެވެ. މެރިއޮޓުން އެންމެ ފަހުން ހުޅުވާފައި ވަނީ، މިމަހުގެ އެއްވަނަ ދުވަހު ޅ. ތިލަމާފުށީގައި ތަރައްގީކުރި "ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ" އެވެ.
މެރިއޮޓް އިންޓަނޭޝަނަލް އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެނބޫދޫ ފަޅުގައި 2025 ވަނަ އަހަރު ހުޅުވާ ޖޭޑަބްލިއު މެރިއޮޓް ރިސޯޓް އެންޑް ސްޕާގައި ސުވިމިން ޕޫލާއެކު 80 ކޮޓަރި ހުންނާނެ ކަމަށެވެ.
ށ. ވަގަނރުގައި ވެސް ޖޭޑަބްލިއު މެރިއޮޓް ބްރޭންޑްގެ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.
މެރިއޮޓުން ބުނީ ދެކުނު އޭޝިއާ ސަރަހައްދުގައި 22 އާ ހޮޓަލެއް ހުޅުވަން މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި ސޮއިކޮށްފައިވާ ކަމަށެވެ.
ރަސްމާލެ މަޝްރޫއާމެދު ރައްޔިތުންގެ ވޯޓެއް ނަގަން ގޮވާލައިފި
މައިންބަފައިންގެ ހާސްކަމުން ދަރިންނަށް ނޭދެވޭ އަސަރުތަކެއް!
8 ގަޑިއިރުގެ ފުރިހަމަ ނިންޖާއެކު ވެސް ވަރުބަލި ވެފައި، ކީއްވެ؟

