ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ "ޖާޒީ" އަންނަ ޑިސެމްބަރު މަހު ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.

ފިލްމު "ޖާޒީ" އާ ބެހޭ ގޮތުން އެކްޓަރު ޝާހިދު އިންސްޓަގްރާމްގައި އެ ފިލްމުގެ ޕޯސްޓެއް ހިއްސާ ކުރަމުން ބުނެފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 31 ގައި ސިނަމާތަކުގައި އަޅުވަން ނިންމާފައިވާ ކަމަށެވެ.

https://www.instagram.com/p/CUR98xlLmda/

ޝާހިދު އާއި މުރްނާލް ތާކޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްކޮށް ނިންމާލައިފަ އެވެ.

2019 ވަނަ ރިލީޒްކުރި ތެލެގޫ ފިލްމު "ޖާޒީ"ގެ ހިންދީ ރިމޭކްގައި ޝާހިދު ކްރިކެޓް ކުޅުންތެރިއެއްގެ ރޯލް ކުޅޭ އިރު، ބައްޕަ ޕަންކަޖް ފިލްމުން ފެންނާނީ ޝާހިދު މެންޓޯއެއްގެ ގޮތުގަ އެވެ.

https://www.youtube.com/watch?v=_nbj4hOXtTM

"ޖާޒީ"ގެ ހިންދީ ފިލްމު ވެސް ޑައިރެކްޓް ކޮށްފައި ވަނީ ތެލެގޫ ފިލްމު ވެސް ޑައިރެކްޓްކުރި ގޯތަމް ތިނައްނޫރީ އެވެ.

ޝާހިދު އެންމެ ފަހުން ވެސް ކުޅުނީ ތެލެގޫ ފިލްމެއްގެ ރިމެކެކެވެ. އެއީ 2018 ގައި ރިލީޒްކުރި "އަރުޖުން ރެޑީ" ގެ ރިމެކް "ކަބީރު ސިންގް" އެވެ.