ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، ޖުމްލަ 232 އަކަށް އަރައިފި އެވެ.
އެޗްޕީއޭއިން ބުނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 54 އަހަރުގެ ފިރިހެނަކު ރޭ ދަންވަރު 2:40 ހާއިރު މަރުވެފައިވާ ކަމަށެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 232 ވަނަ މީހާ އެވެ.
ކޮވިޑްގައި ރާއްޖެއިން އެންމެ ގިނަ ބަޔަކު މަރުވީ މިއަހަރު މޭ މަހު އެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގައިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވީ 71 މީހުންނެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 85042 އަށް އަރާފަ އެވެ.
މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އުޑުމަތި ފުސްވެ، ނޭވާ ހާސްވުމުގެ މައްސަލައަށް ހައްލެއް ބޭނުން
ބޭރުގައި ވޯޓު ފޮށިތައް ނުބަހައްޓަނީ ދަރިވަރުންގެ ވޯޓު ނުލިބޭނެތީ
ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ފުރޮޅާލައިފި
