ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 8 މީހަކު ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ އެ އެއާޕޯޓުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، އެކްސިޑެންޓެއް ހިނގިކަމުގެ ހަބަރު އެ އިދާރާއަށް މިއަދުގެ 3:28 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ކާރު ކޮންޓްރޯލް ނުވެ، ތޮށިގަނޑު ކައިރިން ހިނގަން ހަދާފައިވާ ވޯކްވޭ ފެންސްގައި ޖެހި ފެންސް ފަޅާލާފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވޯކްވޭ މައްޗަށް ކާރު އަރައި އެކްސިޑެންޓުވުމުގެ ސަބަބުން ތިން މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށެވެ. އަދި އެތިން މީހުންނަށް އެއާޕޯޓު މެޑިކަލް ޕޮއިންޓުގައި ފަރުވާދެމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެކްސިޑެންޓު ހިނގާދިޔަ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކު އެއްވެފައިވާއިރު، މި އެކްސިޑެންޓުގައި އިތުރު ފަސް މީހަކަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
އިޒްރޭލް މީހުން ބުނަނީ ހަނގުރާމަ ކާމިޔާބު ކުރީ އީރާނުން ކަމަށް

ކާރު ދުއްވަން އިނީ އިއްޒަތްތެރި މެންބަރެއްގެ އަރިސް މީހެކޭވެސް ކިޔާ. މައްސަލަ ނިމޭނީ ކާރު އުފެއްދި ފެކްޓަރީ ގެ މައްސަލަކަށް ވެގެން.