އދ. އިސްލާހު ކުރުމަކީ އެއް އަހަރުދުވަހުގެ މުއްދަތަށް ހޮވޭ ރައީސެއްގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ އެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވީ އދ. އިސްލާހު ކުރުމުގެ މަސައްކަތް، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮށް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއްޔެ އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.
ރައީސް ސާލިހު މިކަމަށް އެދިވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގަތުމުން ބޭއްވި ދެ ބޭފުޅުން އިއްޔެ ބޭއްވި ޖޮއިންޓް ޕްރެސްގައި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. އަހުމަދު ވިދާޅުވީ އެކަން ރޫލް އޮފް ޖެނެރަލް އެސްމްބްލީގެ ރޫލް 35 އިން އެނގޭ ކަމަށެވެ.
އދ. އިސްލާހުކުރުމުގެ ހަގީގީ ބާރު ލިބިގެންވަނީ މެންބަރު ގައުމުތަކަށް އެކަނި އަދި އެކަން ކުރެވޭނީ ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ ދާއިމީ ފަސް މެންބަރުން ބޭނުންވާ ނަމަ ކަމަށާއި އެހެން ނަމަވެސް ޔޫއެންޖީއޭގެ ރައީސް ހޮވުމަށް މެންބަރު ދައުލަތްތަކުން ނަންތައް ހުށަހަޅާއިރު ހުށަހަޅާ ގައުމުތަކުގެ ދާޚިލީ ގާނޫނުތަކާ ޚިލާފު ނުވާނެ ހަމައެއްގެ މަތިން ނަންތައް ހުށަހެޅުން ލާޒިމްކޮށް "ރޫލްސް އޮފް ދަ ޕްރޮސީޖާ" އިސްލާހު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިގައުމުގާ މި ތިބީ އަޅޭ ހާދަ ފޮންޏެއް ވެސް ކަނޑާ ބައިގަނޑެކޭ ވެރިކަމަށް އަރާ، އަލިފުދާލު ވެސް މި ބައިމީހުން މި އުޅެނީ އިސްލާހު ކުރާށޯ، އިހަށް ތިމާމެން އިސްލާހުވޭ ބަލާ.