ކަލާޒް ޓީވީގެ މަޝޫރު ޑާންސް ރިއަލިޓީ ޝޯ "ޑާންސް ދިވާނޭ 3" އަކީ ދިވެހިން މެދުގައި ވެސް މަގުބޫލު ޝޯއެކެވެ.

އެގޮތުން މިރޭ މިޝޯގެ ފައިނަލް އޮންނާނެ އެވެ.

"ޑާންސް ދިވާނޭ" އަކީ ތިން ޖަނަރޭޝަންގެ މީހުންގެ އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޝޯއެކެވެ. މިހާތަނަށް މި ޑާންސް ޝޯގެ ތިން ސީޒަނެއް ވަނީ ގެނެސްދެވިފަ އެވެ. އެގޮތުން މިރޭ ކަލާޒް ޓީވީއިން ތިން ވަނަ ސީޒަންގެ ފައިނަލް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

https://www.youtube.com/watch?v=TM_gJeXCGro

"ޑާންސް ދިވޭނޭ" ސީޒަން 3 ގެ ފައިނަލްގައި ހަ ބައިވެރިޔަކު ވާދަކުރާނެ އެވެ. އެއީ ޖަނަރޭޝަން 1 އިން އަމަން ކުމާރް އާއި ޔޯގޭޝް ޝަރްމާ، ގުންޖަން ސިންހާ އާއޮ ސާގަރް ބޯރާ، ސޮހައުލް ޙާނާ އާއި ވިޝާލް ސޯންކަރް، ސޯމާންޝްއާއި އާކާޝް ތާޕާ، ޕިޔޫޝް ގުރްބޭލޭއާއި ރުޕޭޝް ސޯނީ އަދި ސޫޗްނާ ޗޯރްގޭއާއި ވައިޝްނަވީ ޕާޓިލް އެވެ.

މިސީޒންގެ ގެނެސްދީފައިވާއިރު ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ބޮލީވުޑް ބަތަލާ މަދޫރީ ޑިކްޝިޓް، ކޮރެއޯގްރާފަރު ތުޝާރް ކާލިއާ އަދި ކޮރެއޯގްރާފަރު ދަރްމޭޝް ޔެލާންޑޭއެވެ. ފުރަތަމަ ޝޯވ ހޯސްޓް ކުރީ ރާގަވް ޖުޔަލް އެވެ. ނަމަވެސް އޭނާ ޝޯ ދޫކޮށްލުމުން ދެން ޝޯވ ހޯސްޓް ކުރީ ކޮމޭޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހަރްޝް ލިމްބާޗީޔާ އެވެ.