ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ސްރީލަންކާގެ ރެފިއުޖީ ބަޔަކު އަތުލައިގެންފި އެވެ.
މި ރެފިއުޖީން ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްފައިވާއިރު، މިއީ އިންޑިއާގެ ޓެމިލްނާޑޫގެ ރެފިއުޖީ ކޭމްޕްތަކުން ފިލައިގެން އުޅޭ ބައެކެވެ.
މިކަމާ ގުޅޭ ގޮތުން ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ.
މީގެ ތެރޭގައި މަދުރާއި އާއި ޓްރިޗީގެ ކޭމްޕްތަކުން 85 މީހުން ފިލި ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ 59 މީހުންނަކީ ރެފިއުޖީން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ. އެ މީހުން އަތުލައިގެންފައި ވަނީ ދަތުރުކުރަމުން ދިޔަ ފެރީ ޑިއާގޯ ގާސިޔާ ކައިރިއަށް ހުއްޓުމުންނެވެ.
މި މައްސަލައާ ގުޅިގެން ވާހަކަދައްކަމުން ޓެމިލްނާޑޫގެ ފުލުހުން ބުނީ އެ މީހުން މަސައްކަތްކުރީ ކެރެލާއިން ސައުތް އެފްރިކާއާ ދިމާލަށް ދަތުރުކުރުމަށް ކަމަށެވެ. އަދި އެއީ ކެނެޑާއަށް ގޮސް އެ ގައުމުން ހިމާޔަތް ހޯދުމުގެ މަގުސަދުގައި ކަމަށް ޓެމިލްނާޑުގެ ފުލުހުން ބުނެ އެވެ.
އެހެން ނަމަވެސް އެ މީހުން ބޭނުންވި ގޮތަށް ކަންތައް ނުވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަދި ރާއްޖެއާ މޮރިޝަސްއާ ދެމެދަށް ފެރީ ހުއްޓުނުއިރު، އެ މީހުން ސަލާމަތްކޮށްފައި ވަނީ ޑިއަގޯ ގާސިޔާގައި އެ ވަގުތު ހަރަކާތްތެރިވަމުންދިޔަ އެމެރިކާ ސިފައިންނެވެ.
އަތުލައިގަނެވުނު މީހުންގެ އަތުގައި ސައްހަ ޕާސްޕޯޓެއް ނެތްއިރު، އެ މީހުންގެ މައުލޫމާތު ލަންކާ އަދި އިންޑިއާގެ ސަރުކާރާއި ދިވެހި ސަރުކާރުން ވަނީ ހިއްސާކޮށްފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
ޓެމިލްނާޑުގެ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގެ ސަރަހައްދުން ލަންކާގެ ރެފިއުޖީންތަކެއް އަތުލައިގަތީ އެއީ އެމެރިކާ މީހުންނޭ ދެން އެމެން ޖެހޭނީ އެ ރެފިއުޖީން ލަންކާ އާއި ހަވާލު ކުރަން ރާއްޖެ އާއި ހަވާލު ކުރީ ކިއެއްކުރަންތޭ އެޚަރަދު ކުރަނީ ކޮން ބައެއްތޭ ތިޔާ ރެފިއުޖީން ނާއި ފުލުހުން ނުޖެހޭނެއޭ ހަވާލުވާން އެމެން ދޫކޮށްލާށޭ އެމެން ދާނެ ތަނަކަށް ދާން އެއީ މަމެންނާއި ބެހޭ ކަމެއް ނޫނޭ އެމެން ކެނެޑާ އަށް ދިޔަ ނަމަވެސް ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ..