ބޮލީވުޑްގައި ކާމިޔާބީތަކެއް ހޯދަމުން އަންނަ ޒުވާން އެކްޓަރު ކާތިކް އާރްޔަން އާއި ކްރިތީ ސަނަން އެކުގައި ފެނިގެންދާ ފިލްމު "ޝެހެޒާދާ" އަންނަ އަހަރުގެ ނޮވެމްބަރަށް ރިލީޒް ކުރުމަށް ނިންމައިފި އެވެ.

ބޮލީވުޑް ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދޮށީ ދަރިފުޅު ރޯހިތު ދަވަން ޑައިރެކްޓްކުރާ "ޝެހެޒާދާ" ރިލީޒްކުރާ ތާރީހް އިއުލާނު ކޮށްފައިމިވަނީ ކާތިކް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓްގައި ކާތިކް ވަނީ އެ ފިލްމުގެ ޓައިޓަލް ވެސް އާންމުކޮށްފަ އެވެ.

"ޝެހެޒާދާ. ދުނިޔޭގެ އެންމެ ފަގީރު އަމީރު،" މިހެން ކާތިކް ވަނީ ޕޯސްޓްގައި ލިޔެފެ އެވެ.

މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކަކާ އެކު މިއުޒިކީ އަދި އާއިލީ ފިލްމަކައް ވެގެންދާނެ އެވެ. ކުރިއައް އޮތް މަސްތަކުގައި ފިލްމުގެ ޝޫޓިން މުމްބާއީ އާއި ދިއްލީގެ އެކި ސަރަހައްދުގައި ކުރިއައްދާނެ އެވެ.

"ޝެހެޒާދާ" ރަސްމީކޮށް އިއުލާނު ކޮށްފައިވާއިރު މި ފިލްމުގައި ކާތިކްގެ ކާތިކްގެ ބައްޕަގެ ރޯލް ކުޅުމަށް ޕަރޭޝް ރަވަލް ސޮއިކޮށްފައިވާއިރު މަނީޝާ ކޮއިރަލާ ވެސް ފިލްމުގެ މުހިއްމު ރޯލްއަކުން ފެނިގެން ދާނެ އެވެ.

https://www.instagram.com/p/CU9USDwNdSj/

ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނީ ބޮޑު ބަޖެޓެއްގެ ފެމެލީ އެކްޝަން ޕެކްޑް މިއުޒިކަލް ފިލްމެއް ހަދަށް އަބަދުވެސް ބޭނުންވާ ކަމަށާއި މި ފިލްމުގެ ސަބަބުން އެކަހަލަ ފުރުސަތެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

"ޝެހެޒާދާ" އަކީ އައްލޫ އަރުޖުންއާ ޕޫޖާ ހެގްޑޭ ފެނިގެން ގޮސްފައިވާ ޓެލެގޫ ފިލްމު "އަލަ ވައިކުންތަޕުރަމުލޫ"ގެ ހިންދީ ރިމޭކެވެ.