އަށާރަ މަހުގެ ދިގު އިންތިޒާރަކަށްފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރް އަދި ކެޓްރީނާ ކައިފްގެ ފެނިގެންދާ ފިލްމު "ސޫރިޔަވަންޝީ" ސިނަމާގައި އަޅުވަން ނިންމައިފި އެވެ.

ރޯހިތް ޝެޓީ ޑައިރެކްޓުކުރާ މި ފިލްމު ވެގެންދާނީ ކޮވިޑްގެ ދެވަނަ ރާޅަށް ފަހު މަހާރާސްތުރާ ސިނަމާގައި އަޅުވާ ފުރަތަމަ ފިލްމަށެވެ.

އޮކްޓޫބަރު 22 ގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ މަހާރާސްތުރާގެ ސަރުކާރުން ވަނީ ދީފަ އެވެ. "ސޫރިޔަވަންޝީ" އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހެއްގަ އެވެ.

އިންޑިއާގައި ފާހަގަ ކުރާ ދިވާލީ އިތުރަށް ފޯރިގަދަ ކޮށްލުމުގެ ގޮތުން އަކްޝޭގެ އިތުރުން އަޖޭ ދެވަގަން އާ ރަންވީރް ސިންގްއެކުގައި ވަނީ "ޝޫރިޔަވަންޝީ" ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވާ ތާރީހް އިއުލާނު ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮއްފައިވާ ވީޑިއޯއެއްގައި ތިން އެކްޓަރުން ވަނީ ކޮވިޑްގެ ސަބަބުން ސިނަމާގައި ފިލްމު ބަލާލުމުގެ މެޖިކް އެބުރި އަންނާނެ ކަމަށް ވައުދުވެފަ އެވެ. ވީޑިއޯ ހިއްސާ ކުރަމުން އަކްޝޭ ލިޔެފައިވަނީ އިންޓަވަލް ނިމުނީ ކަމަށާ ދެން އޮތީ ޝޯ ޓައިމް ކަމަށެވެ.

https://www.instagram.com/p/CVCSUYyluqF/?utm_source=ig_web_copy_link

އަކްޝޭގެ ބެލްބޮޓޮމް ގިނަ ސްޓޭޓް ތަކެއްގެ ސިނަމާގައި އެޅުވި ނަމަވެސް މަހަރަސްތުރަ ސިނަމާގައި ނާޅުވަ އެވެ.

ފިލްމުގައި އަކްޝޭ ފެނިގެންދާނީ އެންޓި ޓެރެރިޒަމް ސުކުއޮޑް އޮފިސަރެއްގެ ރޯލްއިނެވެ. އަޖޭ ދޭވްގަން އަދި ރަންވީރް ސިންގް ސިންގަމް އާ ސިންބާގެ ރޯލްއިންވެސް ފެނިގެން ދާނެ އެވެ. ފިލްމު ޕޮރޮޑިއުސް ކޮށްފައިވަނީ ކަރަން ޖޯހަރްގެ ދަރްމާ ޕުރޮޑަކްޝަން އާ ބުޝަން ކުމާރުގެ ޓީ ސީރީޒް ރޯހިދްގެ ރޯހިދް ޕިކްޗާރސް އަދި އަކްޝޭގެ ކޭޕް އޮފް ގުޑް ފިލްމްސްއިންނެވެ.