ގދ. ތިނަދޫގައި ކޮވިޑް ބައްޔަ ފަރުވާ ހޯދަމުން ދިޔަ ތިން މަހުގެ ކުޑަ ކުއްޖަކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން ތިން މަހުގެ ފިރިހެން ކުއްޖެކެވެ. މިއާއެކު ތިނަދޫގައި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ ހަ އަށް އަރާފަ އެވެ.

މިއީ މި ބަލި ޖެހުނު މީހުންގެ ތެރެއިން ރާއްޖޭން ނިއާވި އެންމެ ހަގު ކުއްޖާ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލީގައި 239 މީހަކު ވަނީ މަރުވެފަ އެވެ.

ދިވެހިރާއްޖޭގެ މިހާރުގެ ކޯވިޑް-19 ހާލަތުގެ ތަފުސީލަށް ބަލާއިރު އިއްޔެ އިތުރު 77 ކޯވިޑަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 86100 އިން މައްޗަށް އަރާފައެވެ.

އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފަހަކަށް އައިސް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވަމުން ދަނީ އަތޮޅުތަކުންނެވެ.