ހދ. ކުޅުދުއްފުށިން ހަރުފައެއް ފެނިއްޖެ އެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށިން ފެނުނު ހަރުފައެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ސިފައިން، މިހާރު ހިފާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ހިފާފައިވަނީ ދެ ފޫޓުގެ ހަރުފައެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިފި މި ހަރުފައިގެ ދިގުމިނުގައި 42 އިންޗި ހުރިކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހަރުފަ ފެނިފައިވަނީ، ރާއްޖެއިން ބޭރުން ގެނައި ލަކުޑިތަކެއްގެ ތެރެއިން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މިގޮތުން ހަރުފައެއް ފެނުނު މައްސަލައިގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔާ ސްޓޭޝަނަށް ލިބުމާ ގުޅިގެން، އެމްއެންޑީއެފްގެ ޓީމެއް އެ ސަރަހައްދަށް ގޮސް، ކުޅުދުއްފުށި ފުލުހުންނާއި ގުޅިގެން ހަރުފަ ހިފުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ޕެންޓަގަން އާއި އެފްބީއައި ގަނެލަން އެޕްސްޓީނަށް ފުރުސަތު ލިބުނު
މީހަކު ކިޑްނެޕް ކުރިމަކުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރަށް
ވައި ނުސާފުވުން ދިގުދެމިގެންދަނީ އިރުވައި މޫސުން އަވަސްވުމުން
