ދިވެހިންގެ މެދުގައިވެސް ހިންދީ ޑްރާމާ ސިލްސިލާތަކަކީ މަގުބޫލު ޑްރާމާ ސިލްސިލާތަކެކެވެ. އެގޮތުން ސްޓާ ޕްލަސްއިން 2009 ވަނަ އަހަރުން ފެށިގެން ދަކަމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަކީވެސް ދިވެހިގެ މަގުބޫލު ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ ޑްރާމާއެކެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދަންކަމުން އަންނަތާ 12 އަހަރު ވެގެން ގޮސްފައިވާއިރު މިޑްރާމާގާއި ހަރަކާތްތެރިވާ ތަރިންނަށް ބަދަލުތަކެއް އަންނަމުންދެ އެވެ. އެގޮތުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން މި ސިލްސިލާއަށް ބޮޑު ބަދަލެއް ގެނައުމަށް މިޑްރާމާ އުފައްދާ ފަރާތުން ވަނީ ނިންމާފަ އެވެ.

މީގެ ކުރިންވެސް މިފަދަ ބޮޑު ބަދަލެއް 2016 ވަނަ އަހަރުވެސް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަށް ވަނީ ގެނެސްފަ އެވެ. އެގޮތުން މިޑްރާމާ ސިލްސިލާގައި އެންމެ ފުރަތަމަ ލީޑް ރޯލުން ފެނިގެން ދިޔަ ހީނާ ޚާން (އަކްޝަރާ) އަދި ކަރަން މެހެރާ (ނައިތިކް) ވެސް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދޫކޮށްލާފަ އެވެ. މިދެ ތަރިން ޑްރާމާ ދޫކޮށްލުމުން ދެން ލީޑް ރޯލަށް 2016 ވަނަ އަހަރުން ފެށިގެން ކުޅެމުން އައީ ޝިވާންގީ ޖޯޝީ (ނައިރާ) އާއި މުހުސިން ޚާން (ކާތިކް) އެވެ. މިއިން ކޮންމެ ފަހަރަކުވެސް ލީޑް ރޯލުގެ ތަރިން ބަދަލުވެގެންދަނީ ބޮޑެތި ދަރިންގެ މައިންބަފައިންގެ ރޯލު ކުޅެއް ޖެހުމުންނެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ކާސްޓަށް އަންނަ ބަދަލާ އެކު، އެ މުޅިން އާ ފެށުމަށްޓަކައި މިހާރު ސްޓާ ޕްލަސްއިން އަންނަނީ ޕްރޮމޯ ދައްކަމުންނެވެ.

https://www.instagram.com/p/CVS1ndvoYBf/

ކާސްޓްގައި މި ފަހަރު ލީޑް ކުރާނީ ޒުވާން ތިން ތަރިއެކެވެ. އެއީ އަބިމަންޔޫގެ ރޯލުން ފެންނާނެ ހަރްޝަދު ޗޯޕްޅާ އާއި އަރޯހީގެ ރޯލުން ފެންނާނެ ޕްރަނާލީ ރާތޯޑްގެ އިތުރުން އަކްޝަރާގެ ރޯލުން ފެންނާނެ ކަރިޝްމާ ސާވަންތު އެވެ.

https://www.instagram.com/p/CVVEuYtIIkd/

މި ފަހަރު ވާހަކައިން އަށް އަހަރުގެ ލީޕެއް ފެނިގެންދާނެ އެވެ.

https://www.instagram.com/p/CVC1b_CoV_i/

މި ސިލްސިލާ އަކީ ސްޓާ ޕްލަސް އިން ގެނެސްދޭތާ މިހާރު އެންމެ ދުވަސްވީ ސިލްސިލާ އެވެ.