ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ދިވެހި ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުުހުން އޭނާގެ ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަ މީހާއަކީ މިދިޔަ މަހުގެ 09 ވަނަ ދުވަހުގެ ވަގުތެއްގައި މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެގޮތުން އޭނާ އަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ އޭނާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރަށް ގުޅައިގެން އެމައުލޫމާތު ހިއްސާކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.