ކޮވިޑަށް ޓެސްޓް ކުރި 3،790 ސާޕަލް ތެރެއިން 143 މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،790 ސާޕްލް ޓެސްޓް ކޮށްފައިވާއިރު، އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 143 މީހުންނެވެ. އެއީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 23 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 117 މީހަކު އިތުރުން ރިސޯޓްތަކުން ތިން މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 88،058 މީހުންނަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،860 މީހުންނެވެ. މިހާތަނަށް 85،942 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 30 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިބަލީގައި މިހާތަނަށް 243 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.